logo

ރައްކާގެ 2026: "ރަނގަޅުކޮށްލާ" ޕްރޮގްރާމް ލޯންޗުކޮށްފި

ފާޠިމަތު ހިބާ

ފާޠިމަތު ހިބާ

8 ޖެނުއަރީ 2026 - 07:47
ރައްކާގެ 2026: "ރަނގަޅުކޮށްލާ" ޕްރޮގްރާމް ލޯންޗުކޮށްފި

"ރައްކާ" ހަރަކާތްތައް އިފްތިތާހް ކުރުމުގެ ތެރއިން--ފޮޓޯ/ފުލުހުން

SHARE

މި އަހަރު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ފުލުހުންގެ ރައްކާ ޕްރޮގްރާމް އިފްތިތާހްކޮށްފިއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

އިސްކަންދަރު ބިލްޑިންގައި މިއަދު މި ޕްރޮގްރާމް އިފްތިތާހް ކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ކޮމިޝަނާ އޮފް ޕޮލިސް އިސްމާޢީލް ނަވީންއެވެ. "ރައްކާ" ގެ ހަރަކާތްތައް މިފަހަރު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ "ރަނގަޅުކޮށްލާ" ގެ ނަމުގައެވެ.

މިއީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ގާއިމުކުރުމަށް ސްކޫލުތަކުގެ ދަރިވަރުންނާއި އާންމު ރައްޔިތުން ހޭލުންތެރިކުރުމަށް ކުރިއަށްގެންދާ ހަރަކާތެއްކަމަށް ފުލުހުން ބުނެއެވެ. އަދި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅުންހުރި ތަމްރީނު ޕްރޮގްރާމްތައް ހިންގުމަށް ކުރިއަށްގެންދާ ހަރަކާތްތަކެކެވެ.

މި ހަރަކާތްތައް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފަިވަނީ މުޅި ރާއްޖެ ހިމެނޭ ގޮތަށެވެ. އެގޮތުން މި ހަރަކާތްތަކުގެ ތެރޭގައި :

  1. ރައްކާ ރޯޑް ޝޯވް
  2. ޓްރެފިކް މޮނީޓާސް ޕްރޮގްރާމް
  3. ސްކޫލުތަކުގެ ދަރިވަރުންނާއި ބެލެނިވެރިންގެ ޕްރޮގްރާމް
  4. ފަހިރާސްތާ ޕްރޮގްރާމް
  5. ޓެކްސީ ޑްރައިވަރުންގެ ޕްރޮގްރާމް
  6. ކުންފުނިތަކުގެ ޑްރައިވަރުންނާއި މުވައްޒަފުންގެ ޕްރޮގްރާމް
  7. ސަރުކާރު އިދާރާތަކުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދާ ޕްރޮގްރާމް
  8. ފުލުހުންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދާ ޕްރޮގްރާމް
/

މިފަދަ ގިނަ ހަރަކާތްތަކެއް "ރަނގަޅުކޮށްލާ" ޕްރޮގްރާމްގެ ދަށުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވެއެވެ.

/
ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d/