logo

ރައްޔިތުން ރިޝްވަތާ ދުރުވެ، ނަޒާހަތްތެރިކަން އިސްކުރޭ: އޭސީސީ

ޒެނީޝާ ފަތުހީ

ޒެނީޝާ ފަތުހީ

12 ޖެނުއަރީ 2026 - 11:03
ރައްޔިތުން ރިޝްވަތާ ދުރުވެ، ނަޒާހަތްތެރިކަން އިސްކުރޭ: އޭސީސީ

ލޯކަލް ކައުންސިލް އިންތިހާބުގައި ވޯޓު ފޮއްޓެއް ގުނުމުގެ މަސައްކަތް ކުރަނީ--

SHARE

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިހާބާ ގުޅިގެން ކެމްޕޭނު ތެރޭގައި އެއްވެސް ރިޝަވަތުގެ އަމަލެއް ހިންގައިފިނަމަ އެ މައްސަލަ ބަލާނެ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފިއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

އިންތިހާބުތަކުގެ ދުވަސްކޮޅު ރާއްޖޭގައި ރިޝްވަތުގެ އަމަލުތައް ހިނގާކަމަށް ފާހަގަކުރެވޭ ކަމަށް ބުނެ އޭސީސީން މިއަދު ނެރުނު ބަޔާނެއްގައި ވަނީ، އެދަފަ އަމަލުތަކުން ދުރުވުމަށް އިލްތިމާސްކޮށްފައެވެ. ސަބަބަކީ އެފަދަ އަމަލުތަކުގެ ސަބަބުން މުވައްސަސާތަކާއި އިދާރާތަކަށް ރައްޔިތުންގެ އިތުބާރު ގެއްލޭތީކަމަށް ވެސް އޭސީސީން ބުންޏެވެ.

މީގެއިތުރުން އިންތިހާބާ ގުޅޭ ކަންކަމުގައި ރައްޔިތުން ނަޒާހަތްތެރިކަން އިސްކުރުމަށް އެސީސީން ވަނީ ގޮވާލާފައެވެ. އަދި އެފަދަ ކަންކަމުގެ ސަބަބުން މުޅި މުދުތަމައަށާއި ޒުވާން ޖީލަށް އެތައް ގެއްލުން ތަކެއް ލިބިގެންދާނެ ކަމަށް ވެސް ވަނީ ބުނެފައެވެ.

ހަމަހެންމެ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުން ނުވަތަ ކެމްޕޭނުކުރަމުންދާ ފަރާތްތަކުން އިންތިހާބީ ދާއިރާއެއްގެ ވޯޓަށް އަސަރުކުރާނެ ފަދަ ގޮތަކަށް ކޮރަޕްޝަނުގެ އަމަލެއް ހިންގަމުންާ ކަމުގެ މައުލޫމާތު ލިބިއްޖެނަމަ ލަސްނުކޮށް އެކަންކަން އެސީސީއަށް ރިޕޯޓުކުރަމަށް ވަނީ އެދިފައެވެ.

ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d