logo

އިތުރު ބުރެއް ބޭއްވި ފަސް ގޮނޑީގެ ތެރެއިން ތިން ގޮނޑި ޕީއެންސީއަށް

ޢާއިޝަތު ނުޒުހާ

ޢާއިޝަތު ނުޒުހާ

18 އޭޕްރީލު 2026 - 14:36
އިތުރު ބުރެއް ބޭއްވި ފަސް ގޮނޑީގެ ތެރެއިން ތިން ގޮނޑި ޕީއެންސީއަށް

SHARE

މި މަހުގެ ހަތަރު ވަނަ ދުވަހު ކުރިއަށް ދިޔަ ލޯކަލް ކައުންސލް އަދި ޑަބްލިޔުޑީސީ އިންތިހާބުގައި ވޯޓު އެއްވަރުވެ ދެ ވަނަ ބުރަކަށް ވޯޓު ލާން ޖެހުނު ފަސް ގޮނޑީގެ ތެރެއިން ތިން ގޮނޑި ސަރުކާރު ހިންގާ ޕީއެންސީއިން ކާމިޔާބުކޮށްފިއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

ފުރަތަމަ ބުރުގެ ރަސްމީ ނަތީޖާއަށްފަހު، ދެވަނަ ބުރަކަށް ދާންޖެހުނީ ފަސް ރަށެއްގައެވެ. އެއީ ބ. ދޮންފަނު ކައުންސިލްގެ އަންހެނުންނަށް ހާއްސަކޮށްފައިވާ ގޮނޑި, ފުވައްމުލައް ސިޓީ ދަޑިމަގު ދާއިރާގެ އަންހެނުންނަށް ހާއްސަކޮށްފައިވާ ގޮނޑީގެ އިތުރުން ހއ. ކެލާ, ހދ. ނޭކުރަންދޫ އަދި ލ. މާވަޑުގެ ޑަބްލިޔުޑީސީ ގޮނޑިއެވެ.

މީގެ ތެރެއިން ޕީއެންސީއިން ވަނީ ޑަބްލިޔުޑީސީގެ ތިން ގޮނޑި ކާމިޔާބުކޮށްފައެވެ. އެއީ, ކެލާ، ނޭކުރެންދޫގެ އިތުރުން މާވަށުގެ ޑަބްލިޔުޑީސީ ގޮނޑިއެވެ. ދޮންފަނު ޑަބްލިޔުޑީސީ ގޮނޑި ކާމިޔާބުކޮށްފައިވަނީ އިދިކޮޅު އެމްޑީޕީންނެވެ.

ޕީއެންސީގެ ކެންޑިޑޭޓާ ވާދަކޮށް ފުވައްމުލައް ސިޓީ ދަޑިމަގު ސިޓީ ދާއިރާގެ ގޮނޑި ކާމިޔާބުކޮށްފައިވަނީ އަމިއްލަ ގޮތުން އިންތިހާބުގައި ވާދަކުރި ޝީޒާ އިބްރާހިމެވެ.

ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d