.jpg&w=3840&q=75)
އިންތިހާބުތައް 2026: ވޯޓުލުން ފެށިގެން ކުރިޔަށް ދަނީ -- ނުކުތާ ފޮޓޯ: އިބްރާހިމް ނާއިޝް
SHARE
SHARE

މި މަހުގެ ހަތަރު ވަނަ ދުވަހު ކުރިއަށް ދިޔަ ލޯކަލް ކައުންސލް އަދި ޑަބްލިޔުޑީސީ އިންތިހާބުގައި ވޯޓު އެއްވަރުވެ ދެ ވަނަ ބުރަކަށް ވޯޓު ލާން ޖެހުނު ފަސް ރަށުގެ ވޯޓުލުން މިއަދު ހެނދުނު ފަށައިފިއެވެ.
ފުރަތަމަ ބުރުގެ ރަސްމީ ނަތީޖާއަށްފަހު، ދެވަނަ ބުރަކަށް ދާންޖެހުނީ ފަސް ރަށެއްގައެވެ. އެއީ ބ. ދޮންފަނު ކައުންސިލްގެ އަންހެނުންނަށް ހާއްސަކޮށްފައިވާ ގޮނޑި, ފުވައްމުލައް ސިޓީ ދަޑިމަގު ދާއިރާގެ އަންހެނުންނަށް ހާއްސަކޮށްފައިވާ ގޮނޑީގެ އިތުރުން ހއ. ކެލޭ, ހދ. ނޭކުރަންދޫ އަދި ލ. މާވަޑުގެ ޑަބްލިޔުޑީސީ ގޮނޑިއެވެ.
ވޯޓު ލުން މިއަދު ހެނދުނު 08:00 ގައި ފަށާފައިވާއިރު, މިއަދު ހަވީރު 04:00 އާ ހަމައަށް ކުރިއަށް ދާނެއެވެ.


