logo

ރައީސް މައުމޫންގެ ވެރިކަމުގައި މުޒާހަރާކުރީ ނަސާރާއިންނޭ ވެސް ބުނި: ނަޝީދު

ހަސަން  އިޔާން

ހަސަން އިޔާން

13 ޖެނުއަރީ 2026 - 08:09
ރައީސް މައުމޫންގެ ވެރިކަމުގައި މުޒާހަރާކުރީ ނަސާރާއިންނޭ ވެސް ބުނި: ނަޝީދު

SHARE

އީރާނުގެ މަގުތަކަށް ނުކުމެ ހައްގުތަކަށް ވަކާލާތު ކުރާ ޒުވާނުންނަށް ތާއީދުކުރައްވައި، އެ ފަރާތްތަކާ އެކު ސާބިތުވެ ހުންނެވިކަމަށް ރާއްޖޭގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

ސޯޝަލް މީޑިއާ މިއަދު ކުރެއްވި ޓުވީޓެއްގައި ރައީސް ނަޝީދު ވިދާޅުވީ، އީރާނުގެ ދާޚިލީ ކަންކަމުގެ ތެރެއަށް އެމެރިކާއިން އަތްބޭނުމާ ދެކޮޅު ކަމަށެވެ. ނަމަވެސް، އަމިއްލަ ހައްގުތަކަށްޓަކައި މަގުތަކަށް ނުކުމެ ތިބި ޒުވާނުންނަށް އެހީތެރިކަމާއި ހިތްވަރު ދޭންޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މި މޭރުމުން ވާހަކަދައްކަވަމުން ނަޝީދު ވަނީ ރާއްޖޭގެ މާޒީގެ ބައެއް ހަނދާންތައް އައުކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި، އީރާނުގެ މިހާރުގެ ހާލަތަކީ ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމްގެ ވެރިކަމުގައި ރާއްޖޭގެ އިސްލާހީ މަސައްކަތްތެރިންނަށް ކުރިމަތިވި ހާލަތާ ދާދި އެއްގޮތް ހާލަތެކެވެ.

"[ރައީސް މައުމޫން އަބްދުލް] ގައްޔޫމުގެ ވެރިކަމާއި ދެކޮޅަށް ނުކުތް ޒުވާނުންނަކީ ވެސް ނަސާރާއިންގެ ގޮތުގައި އޭރު ސިފަކުރި،" ނަޝީދު ވިދާޅުވިއެވެ.

View post on Twitter
/

ނަޝީދު އިތުރަށް ވިދާޅުވީ، ބޭރުގެ ބައެއްގެ ނަން ބޭނުންކޮށްގެން ހަގީގަތް އޮޅުވާލަން އޭރު މަސައްކަތް ކުރި ނަމަވެސް، ހަގީގަތަކީ އެ ދުވަސްވަރު އެކްޓިވިސްޓުންނަށް ލިބުނު އަނިޔާއާއި ކުރި އަނިޔާވެރިކަން ކަމަށެވެ.

އަދި އީރާނުގެ ޒުވާނުން ވެސް މިއަދު ކުރަމުންދަނީ އެފަދަ ހިތްދަތި ތަޖުރިބާތަކެއްކަން ފާހަގަކުރައްވައި، އެ ކުދިންގެ ހައްގުގައި ވަކާލާތު ކުރައްވާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.

އީރާނުގެ މަސްރަހު މިދުވަސްވަރު ވަރަށް ބޮޑަށް ހޫނުވެފައިވާއިރު، ދުނިޔޭގެ ގިނަ ލީޑަރުން ދަނީ އެ ގައުމުގެ އިންސާނީ ހައްގުތަކާ މެދު ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި އެކަމުގެ ތެރެއިން އެމެރިކާއިން ދަނީ އީރާނަށް ހަމަލާދޭނެކަމަށް ބުނެ އިންޒާރުވެސް ދެމުންނެވެ.

އެހެންނަމަވެސް އެމެރިކާއިން އީރާނަށް ޙަމަލާދީފިނަމަ، ބަދަލު ހަމަލާއެއް ދޭނެ ކަމުގެ އިންޒާރު އީރާނުން ވެސް ވަނީ ދީފައެވެ.

/
/
ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d/