އުމްރާއިން އައީ އިއްޔެ ، މިއަދު އާއިލާއާއެކު ހުއްޓާ ނިޔާވެއްޖެ

ފާޠިމަތު ހިބާ
13 ޖެނުއަރީ 2026 - 15:14

މިއަދު ނިޔާވި އަހްމަދު ލަތީފް--ފޮޓޯ
SHARE
އުމްރާގެ އަޅުކަމަށް ފަހު އިއްޔެ މާލެ އައި އަހްމަދު ލަތީފް ނަމަކަށް ކިޔާ ފުވައްމުލަކަށް ނިސްބަތްވާ މީހަކު މިއަދު ނިޔާވެއްޖެއެވެ.

އަހްމަދު ލަތީފްގެ ގާތްމީހަކު 'ނުކުތާ'އަށް މައުލޫމާތު ދިން ގޮތުގައި އޭނާ މަރުވީ ކުށްލިއަކަށެވެ. އަދި ހަމައެކަނި އެނގޭ މައުލޫމާތަކީ އޭނާ ކުށްލިގޮތަކަށް ހުއްޓުން އެރީކަން އެކަނިކަމަށް މައުލޫމާތުދިންމީހާ ބުންޏެވެ.
މިއީ މިއަދު ކުއްލި މަރުގެ ގޮތުގައި ހިނގި ދެވަނަ މަރެވެ.




