logo

ރާއްޖޭގައި ޑައިވް ކުރަން އުޅުނު އިނގިރޭސި ދެމަފިރިއަކު މަރުވެއްޖެ

ފާޠިމަތު ހިބާ

ފާޠިމަތު ހިބާ

14 ޖެނުއަރީ 2026 - 07:08
ރާއްޖޭގައި ޑައިވް ކުރަން އުޅުނު އިނގިރޭސި ދެމަފިރިއަކު މަރުވެއްޖެ

ޑައިވިންއަށް ގޮސް އުޅުމުގެ ތެރޭގައި މަރުވި ބްރިޓިޝްގެ ދެމަފިރިން--ފޮޓޯ

SHARE

ރާއްޖޭގައި ހިނގި ސްކޫބާ ޑައިވިން އެކްސިޑެންޓެއްގައި، އުމުރުން ދުވަސްވީ އިނގިރޭސި ދެމަފިރިއަކު މަރުވެއްޖެއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

މިދެމަފިރިންގެ ތެރެއިން 70 އަހަރުގެ އަންހެން މީހާ މަރުވެފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ 19 ވަނަ ދުވަހުއެވެ. އަދި 71 އަހަރުގެ ފިރިހެން މީހާ މަރުވެފައިވަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށް އޭގެ ތިން ދުވަސް ފަހުން މިދިޔަ މަހުގެ 22ވަނަ ދުވަހުއެވެ.

މި ދެމަފިރިންނަކީ ރާއްޖެއަށް މިހާރު ގާތްގަޑަކަށް 60 ފަހަރު ޒިޔާރަތްކޮށްފައިވާ ބަޔެކެވެ. އަދި ރާއްޖޭގައި މިދިޔަ 17 އަހަރު އެކީ ކްރިސްމަސް ފާހަގަކޮށްފައިވެސްވެއެވެ.

އެންމެ ގިނައިން މިދެމަފިރިން ގޮސް އުޅުނީ އއ. އެއްލައިދޫއަށެވެ. މިދެމީހުން މަރުވިގޮތާ ބެހޭ ފުރިހަމަ މައުލޫމާތުތަކެއް ލިބިފައެއް ނުވެއެވެ.

މި ދެމީހުން ވަޅުލުމުގެ ކަންތައް މި މަހު 29 ވަނަ ދުވަހު ބްރިމިންގްޓަން ކްރެމަޓޯރީއަމްގައި ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ.

/

/
ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d/