logo

މުދާ ހުސްކުރާ ކުންފުނިތަކުގެ ކަންބޮޑުވުންތަކަށް ހައްލު ހޯދަދޭނަން: ރައީސް

ހާއިމް އަހްމަދު ހާޝިމް

ހާއިމް އަހްމަދު ހާޝިމް

15 ޖެނުއަރީ 2026 - 10:38
މުދާ ހުސްކުރާ ކުންފުނިތަކުގެ ކަންބޮޑުވުންތަކަށް ހައްލު ހޯދަދޭނަން: ރައީސް

ރައީސް ޑރ. މުޙައްމަދު މުޢިއްޒު މުދާ ހުސްކުރާ ކުންފުނިތަކުގެ ވެރިންނާ ބައްދަލު ކުރައްވަނީ -- ފޮޓޯ: ރައީސް އޮފީސް

SHARE

މުދާ ހުސްކުރުމަށް މަސައްކަތްކުރާ ކުންފުނިތަކުގެ ކަންބޮޑުވުންތަކަށް ރަނގަޅު ހައްލެއް ހޯދައިދޭން މަސައްކަތް ކުރައްވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

ރައީސް މިފަދައިން ވިދާޅުވީ މާލެ ވިޔަފާރި ބަނދަރުގައި މުދާ ހުސްކުރުމަށް މަސައްކަތްކުރާ ކުންފުނިތަކުގެ ވެރިންނާއި ބައްދަލުކުރެއްވުމުގައި އެ ކުންފުނިތަކުގެ ވެރިން ފާހަގަ ކުރި މައްސަލަތަކަށް ރިއާޔަތްކޮށް ކަމަށް ރައީސް އޮފީހުން ބުންޏެވެ.

އެގޮތުން، މި ބައްދަލުވުމުގައި އެ ކުންފުނިތަކުގެ ވެރިންނަށް މާލެ ވިޔަފާރި ބަނދަރުން މުދާ ހުސްކޮށް ބޭރުކުރުމުގައި ދިމާވާ ހުރިހާ ދަތިތައް ހުށަހެޅުމަށް ފުރުސަތުދީފައިވާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

މީގެ އިތުރުން، ރައީސް އޮފީހުން ބުނީ މުދާ އުފުލާ ގަޑިއާއި، ވަސީލަތްތަކާއި އިދާރީ ނިޒާމް ހަރުދަނާކުރުމާއި ގުޅޭގޮތުން ރައީސް އާ އެ ކުންފުނި ތަކުގެ ވެރިން ކަންބޮޑުވުން ހިއްސާކޮށްފައިވާނެ ކަމަށެވެ.

އަދި މިކަމާ ގުޅިގެން ރައީސް ދެއްކެވި ވާހަކަފުޅުގައި އެ ބޭފުޅުންގެ ކަންބޮޑުވުންތަކަށް ރަނގަޅު ހައްލެއް ހޯދަދޭން މަސައްކަތް ކުރާނެ ކަމަށް ރައީސް ވިދާޅުވެފައިވާކަމަށް ރައީސް އޮފީހުން މައުލޫމާތު ދިނެވެ.

/
/
ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d/