logo

ތައިލެންޑްގައި ހިނގި ނުރައްކާތެރި އެކްސިޑެންޓާ ގުޅިގެން ރައީސް ތައުޒިޔާ ވިދާޅުވެއްޖެ

ފާޠިމަތު ހިބާ

ފާޠިމަތު ހިބާ

16 ޖެނުއަރީ 2026 - 10:25
ތައިލެންޑްގައި ހިނގި ނުރައްކާތެރި އެކްސިޑެންޓާ ގުޅިގެން ރައީސް ތައުޒިޔާ ވިދާޅުވެއްޖެ

ތައިލެންޑްގައި ހިނގި ރެއިލް އެކްސިޑެންޓް--ފޮޓޯ/އަލްޖަޒީރާ

SHARE

ތައިލެންޑްގައި ހިނގި ނުރައްކާތެރި އެކްސިޑެންޓަކާ ގުޅިގެން ރައީސުލްޖުމްހުރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

ރައީސްގެ މެސެޖެގައި ގިނަބަޔަކަށް އަނިޔާވެ ޒަހަމްވި މި އެކްސިޑެންޓާ ގުޅިގެން ހިތާމަ ފާޅުކުރައްވާފައިވެއެވެ. އަދި ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ތައިލެންޑްގެ ސަރުކާރަށާއި އަނިޔާވެ ހިތާމަ ކުރަމުންދާ އާއިލާތަކަށް ތައުޒިޔާ ވިދާޅުވެފައިވެއެވެ.

އަދި މި ހާދިސާގައި އަނިޔާވި މީހުންނަށް އަވަސް ޝިފާއަކަށް އެދި ގެއްލުނު މީހުން ހޯދުމާއި ސަލާމަތްކުރުމުގެ މަސައްކަތް ފަސޭހަކަމާއެކު ކުރިއަށް ގެންދެވޭނެ ކަމަށް އުންމީދުކުރާކަން ފާހަގަކުރައްވާފައިވެއެވެ.

މި ހިތާމަވެރި ހާދިސާ ހިނގާފައިވަނީ މިދިޔަ ބުދަ ދުވަހު ނަހޮން ރަޗަސިމާ ޕްރޮވިންސްގެ ސިކިއޯ ޑިސްޓްރިކްޓްގައެވެ. މި ހާދިސާގައި 28 މީހުން މަރުވެ 64 މީހުންނަށް އެކި ކަހަލަ އަނިޔާތައް ވެފައިވާކަން އެނގިފައިވެއެވެ.

ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d