logo

ޓީޗަރުންގެ މަސައްކަތުގެ ލޯޑު ކުޑަކޮށް, ދުޅަހެޔޮކަމަށް މި ސަރުކާރުން އިސްކަންދެން: ރައީސް

އައިޝަތު ހިދާޔާ

5 އޮކްޓޯބަރު 2026 - 05:59
ޓީޗަރުންގެ މަސައްކަތުގެ ލޯޑު ކުޑަކޮށް, ދުޅަހެޔޮކަމަށް މި ސަރުކާރުން އިސްކަންދެން: ރައީސް

SHARE

ޓީޗަރުންގެ މަސައްކަތުގެ ލޯޑު ކުޑަކުރުމަށާއި އެމީހުންގެ ދުޅަހެޔޮކަމަށް މި ސަރުކާރުން އިސްކަންދޭކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

ޓީޗަރުންގެ ދުވަހުގެ މުނާސަބަތުގައި އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ, ދުނިޔޭގެ ދަތިތަކާ ކުރިމަތިލުމަށް ދަރިވަރުންނަށް މަގު ދައްކައިދެނީ ޓީޗަރުން ކަމަށެވެ. މުދައްރިސުންގެ އިލްމާއި, މަސައްކަތަށް ދޭ އަހަންމިއްޔަތުކަމާއި ކުޑަކުދިންގެ ދިރިއުޅުމަށް މުދައްރިސުންގެ ސަބަބން ކުރާ އަސަރު މިއަދު ފާހަގަކުރާކަމަށް މި ޕޯސްޓުގައި ވެއެވެ. އަދި ޓީޗަރުންގެ ޚިދުމަތާއި އެމީހުން ވާ ގުރުބާނީ މިއަދު ފާހަގަކުރާކަމަށް ވެސް ރައީސްގެ ޕޯސްޓުގައި ވެއެވެ.

"އަޅުގަނޑުމެންގެ މަސްއޫލިއްޔަތަކީ ޓީޗަރުން ބޭނުންވާ ސަޕޯޓު ފޯރުކޮށްދީ, އެމީހުންގެ ދައުރު ފުރިހަމައަށް އަދާކުރެވޭނެ ގޮތްތައް ފަހިވެފައި ވޭތޯ ޔަގީންކުރުން," ރައީސް ވިދާޅުވިއެވެ.

އެހެންކަމުން, މި ސަރުކާރުން ޓީޗަރުންގެ ދުޅަހެޔޮކަމަށް އިސްކަން ދޭކަމަށާއި މަސައްކަތުގެ ލޯޑުކުޑަކޮށް, މަސައްކަތުގެ މާހައުލު ރަނގަޅުކޮށް, އިންކްލޫސިވް އެޑިއުކޭޝަން ހަރުދަނާ ކުރާންކަމަށް ރައީސް ވިދާޅުވިއެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ ދަރިވަރުންނަށް ކިޔަވައުދިނުމުގެ ގާބިލުކަން އިތުރުކުރުމަށް މަސައްކަތް ކުރައްވާކަމަށް ވެސް ރައީސް ލިޔުއްވާފައި ވެއެވެ. '

ދަރިވަރުން ބޮޑުވުމުގެ ބިންގާ ހަރުދަނާވަނީ ޓީޗަރުންނަށް ދޭ ސަޕޯޓުންކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ, ކޮންމެ ޓީޗަރަކަށް އެކަށީގެންވާ މިންވަރަށް ކިޔަވައިދެވޭނެ ތައުލީމީ ނިޒާމެއް ގާއިމްކުރަން މަސައްކަތް ކުރާކަމަށެވެ.

ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d