logo

އެމްޑީޕީ ޕްރައިމަރީގެ ވޯޓުލާން ފަށައިފި

މިރާޝް މޫސާ

16 ޖެނުއަރީ 2026 - 11:09
އެމްޑީޕީ ޕްރައިމަރީގެ ވޯޓުލާން ފަށައިފި

އެމްޑީޕީ ޕްރައިމަރީގައި މީހަކު ވޯޓުލަނީ -- ފޮޓޯ: މިހާރު

SHARE

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ތަކުގެ އިންތިޚާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓުން ހޮވުމަށް ބާއްވާ ޕްރައިމަރީގެ ވޯޓުލުން މިއަދު ފަށައިފިއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

އެމްޑީޕީން މަޢުލޫމާތު ދޭ ގޮތުގައި މި ޕްރައިމަރީގެ ވޯޓުލުން ކުރިއަށް ދާނީ މިއަދު މެންދުރު ފަހު 2:30 އިން ފެށިގެން މިރޭ 8:00 އާ ހަމައަށެވެ. މި އިންތިޚާބުގައި ވޯޓުލުމަށް ޖުމްލަ 65 ވޯޓު ފޮށި ވަނީ އެކި ސަރަޙައްދުތަކުގައި ބަހައްޓާފައެވެ.

މިފަހަރުގެ ޕްރައިމަރީގައި ކައުންސިލް އިންތިޚާބަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރުމަށް 510 އަށް ވުރެ ގިނަ ކެންޑިޑޭޓުން ކުރިމަތިލާފައިވެއެވެ. އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް 190 އަށް ވުރެ ގިނަ ކެންޑިޑޭޓުން ވާދަކުރާ ކަމަށް އެ ޕާޓީން ހާމަކުރެއެވެ.

ވޯޓު ފޮށިތައް ބަހައްޓާފައިވާ ގޮތަށް ބަލާއިރު، އަތޮޅުތަކުގެ ރަށްތަކަށް ނިސްބަތްވާ މީހުން މާލޭގައި ތިބެގެން ވޯޓުލުމަށް 14 ފޮއްޓެއް ވަނީ ބަހައްޓާފައެވެ. އަދި މާލޭގެ ދާއިރާތަކަށް ޚާއްޞަކޮށްގެން މާލޭގައި 17 ވޯޓު ފޮށި ބަހައްޓާފައިވާ އިރު، މާލެއިން ބޭރުގެ އެކި ރަށްރަށުގައި 34 ވޯޓު ފޮށި ވަނީ ބަހައްޓާފައެވެ.

މި ޕްރައިމަރީއަކީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބަށް އެމްޑީޕީން ވަމުންދާ ތައްޔާރީތަކުގެ ތެރެއިން އެންމެ މުހިންމު އެއް ހަރަކާތެވެ.

/
/
ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d/