logo

ރާއްޖެ، އިންޑިއާ އަދި ލަންކާ ސިފައިން ގުޅިގެން ބާއްވާ "ދޯސްތީ-17" ފަށައިފި

ހާއިމް އަހްމަދު ހާޝިމް

ހާއިމް އަހްމަދު ހާޝިމް

18 ޖެނުއަރީ 2026 - 07:09
ރާއްޖެ، އިންޑިއާ އަދި ލަންކާ ސިފައިން ގުޅިގެން ބާއްވާ "ދޯސްތީ-17" ފަށައިފި

"ދޯސްތީ 17" ފެށުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

SHARE

ރާއްޖެއާއި އިންޑިއާ އަދި ސްރީލަންކާ ގެ ސިފައިން ގުޅިގެން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ "ދޯސްތީ" ތަމްރީނުތަކުގެ 17 ވަނަ ތަމްރީނު އިއްޔެ ފަށައިފައިވާ ކަމަށް ޑިފެންސް މިނިސްޓްރީން ބުނެފިއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

ޑިފެންސް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ މި ތަމްރީނަކީ ދިވެހިރާއްޖެއާއި އިންޑިއާ ކޯސްޓުގާޑުގެ މެދުގައި ރަހުމަތްތެރިކަމާއި އޮޕަރޭޝަނަލް ކޭޕެބިލިޓީއާ އިންޓާ އޮޕަރެބިލިޓީ ހަރުދަނާ ކުރުމުގެ މަގުސަދުގައި 1991 އިން ފެށިގެން ބާއްވަމުން އަންނަ ތަމްރީނެއްކަމަށެވެ.

އަދި މި ތަމްރީނާ އަވަށްޓެރި ލަންކާއިން ގުޅުނީ 2012 ވަނަ އަހަރުން ފެށިގެން ކަމަށް އެ މިނިސްޓްރީން ފާހަގަ ކުރިއެވެ. އެގޮތުން މި ތަމްރީނު ފެށުުމަށްޓަކައި މިއަދު ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޑިފެންސް މިނިސްޓަރު މުޙައްމަދު ޣައްސާން މައުމޫނު ކަމަށް މިނިސްޓްރީން ބުންޏެވެ.

ޑިފެންސް މިނިސްޓްރީން ބުނީ އެ ރަސްމިއްޔާތުގައި އެމަނިކުފާނު ދެއްކެވި ވާހަކަފުޅުގައި ދޭދޭ ކޯސްޓުގާޑުތަކުގެ މެދުގައި ގުޅުން ބަދަހިކުރުމާއި، މަސައްކަތްތަށް ގުޅުވާލުމާއި، އެކުގައި މަސައްކަތްކުރުމުގެ ޤާބިލުކަން އިތުރުކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައިވާކަމަށެވެ.

މީގެ އިތުރުން، މި ތަމްރީނު ކުރިއަށް ގެންދާނީ މި މަހު 16 ފެށިގެން 19 އަށްކަމަށްވެސް އެ މިނިސްޓްރީން ބުންޏެވެ.

/

މިނިސްޓްރީން ބުނީ "ދޯސްތީ 17" ގައި ކަނޑުމަތީގެ ހާދިސާތަކުގައި ހާލުގައި ޖެހޭ މީހުން ސަލާމަތް ކުރުމާއި، ކަނޑުގެ ސަރަހައްދުގެ ސަވައިލެންސް އަދި މުވާސަލާތީ ތަމުރީނުތަކުގެ އިތުރުން ކަނޑު ތަޣައްޔަރުވުމުން ރައްކާތެރިވުމަށް ހިންގާ "މާޕޯލް" (MARPOL) ތަމުރީނުތައް ހިމެނޭނެކަމަށެވެ.

އަދި މި ހަރަކާތްތަކަކީ ތިން ގައުމުގެ ކޯސްޓްގާޑުގެ ތައްޔާރީ ހާލަތު ވަރުގަދަކޮށް، ޕްރޮފެޝަނަލް ކޮލަބަރޭޝަން ހަރުދަނާކުރުމަށް ކުރިއަށްގެންދާ ހަރަކާތެއްކަން މިނިސްޓްރީން ފާހަގަކުރިއެވެ.

އެގޮތުން މި އަހަރުގެ "ދޯސްތީ" ހަރަކާތުގައި މައިގަނޑުގޮތެއްގައި ހިމެނޭނީ "ޖޮއިންޓް ޓްރެއިނިން" ތަކާއި "މެރިޓައިމް އިންފޮމޭޝަން" ޝެއަކުރުމުގެ ތަމުރީނުތައް ކަމަށް ޑިފެންސް މިނިސްޓްރީން ބުންޏެވެ.

އަދި އެ ހަރަކާތްތަކުގެ ސަބަބުން މި ހަރަކާތުގެ ބައިވެރިންނަށް އެކަކު އަނެކެއްގެ ތަޖުރިބާ އާއި ހުނަރު ބަދަލުކޮށް، މަސައްކަތުގެ މާހައުލުގައި އޮންނަ ޕްރޮފެޝަނަލް ގުޅުން ބަދަހިކުރުމުގެ ފުރުސަތު ލިބޭނެ ކަމަށްވެސް އެ މިނިސްޓްރީން ބުންޏެވެ.

/

މީގެ އިތުރުން، "ދޯސްތީ 17' ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ސަރުކާރުގެ ބައެއް ވަޒީރުންނާއި، ޗީފް އޮފް ޑިފެންސް ފޯސް، މޭޖާ ޖެނެރަލް އިބްރާހީމް ޙިލްމީއާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއާ ޖެނެރަލް އަޙްމަދު ޣިޔާޘް ބައިވެވަޑައިގެންނެވިކަން މިނިސްޓްރީން ފާހަގަކުރިއެވެ.

އަދި ބޭރުގެ ގައުމުތަކުގެ ތެެރެއިން އިންޑިއާއާއި ލަންކާގެ ކޯސްޓުގާޑުގެ އިސް އޮފިޝަލުންނާއި ބޭރު ގައުމުތަކުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރުން ބައިވެރިވެވަޑައިގެންފައިވާ ކަމަށް ޑިފެންސް މިނިސްޓްރީން ބުންޏެވެ.

/
ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d/