logo

ބޭރު ބަޔަކު ހުއްދަ ހޯދަންޖެހޭ ދިވެހި ވައިގެ ސަރަހައްދުގެ މައުލޫމާތު ޑިފެންސުން ހިއްސާކޮށްފި

އަޙްމަދު ސަދޫފް މޫސާ

އަޙްމަދު ސަދޫފް މޫސާ

24 މާރިޗު 2026 - 13:49
ބޭރު ބަޔަކު ހުއްދަ ހޯދަންޖެހޭ ދިވެހި ވައިގެ ސަރަހައްދުގެ މައުލޫމާތު ޑިފެންސުން ހިއްސާކޮށްފި

SHARE

ދިވެހިރާއްޖޭގެ ކަނޑާއި ވައިގެ ސަރަޙައްދުތައް ކަނޑައެޅިފައިވާ ގޮތާއި، އެ ސަރަޙައްދުތަކުގައި ރާއްޖެއަށް ލިބިދޭ ސިޔާދަތީ ބާރުތަކާ ގުޅޭގޮތުން މިނިސްޓްރީ އޮފް ޑިފެންސުން ޢާންމު މަޢުލޫމާތު ޙިއްސާކޮށްފިއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

މިނިސްޓްރީން މިއަދު ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ވަނީ ބައިނަލްއަޤްވާމީ މުޢާޙަދާތަކާއި ރާއްޖޭގެ ޤާނޫނުތަކުގެ ދަށުން މި ސަރަޙައްދުތައް ތަރުތީބުވެފައިވާ ގޮތް ތަފްޞީލުކޮށްދީފައެވެ.

ޑިފެންސް މިނިސްޓްރީން ބުނިގޮތުގައި، ޤައުމުތަކުގެ ކަނޑުގެ ސަރަޙައްދުތަކާއި އެ ތަންތަނުގައި ލިބިދޭ ޙައްޤުތައް ބަޔާންކުރާ ބައިނަލްއަޤްވާމީ މުޢާޙަދާއަކީ "ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން އޮން ދަ ލޯވ އޮފް ދަ ސީ" (އަންކްލޯސް) އެވެ. ރާއްޖޭގެ ކަނޑުގެ ސަރަޙައްދުތަކުގައި ލިބިދޭ ޙައްޤުތަކާއި އިޚްތިޔާރުތައް ބަޔާންކުރަނީ ޤާނޫނު ނަންބަރު 6/96 (ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުތަކާބެހޭ ޤާނޫނު) ގައެވެ.

މި ޤާނޫނުގެ ދަށުން ރާއްޖޭގެ ބިމާއި، އެތެރޭ ކަނޑާއި، އާކިޕެލަޖިކް ކަނޑާއި، ސަރަޙައްދީ ކަނޑުގެ އިތުރުން އެ ކަނޑުތަކާ ގުޅިފައިވާ ވައިގެ ސަރަޙައްދަކީ ރާއްޖޭގެ ސިޔާދަތީ ބާރު ހިނގާ ތަންތަނެވެ.

ވައިގެ ދަތުރުފަތުރުގެ އުޞޫލުތައް ބަޔާންކުރާ "ޗިކާގޯ ކޮންވެންޝަން" އާ ޙަވާލާދީ މިނިސްޓްރީން ބުނީ، ޤައުމެއްގެ ސަރަޙައްދީ ކަނޑާ ގުޅިފައިވާ ވައިގެ ސަރަޙައްދަކީ އެ ޤައުމެއްގެ ސިޔާދަތީ ބާރު ހިނގާ، އަދި އެ ސަރަޙައްދަށް ވަނުމުގެ ކުރިން ހުއްދަ ހޯދަންޖެހޭނެ ސަރަޙައްދެއް ކަމަށެވެ. ނަމަވެސް މިއަށްވުރެ ބޭރުގެ ވައިގެ ސަރަޙައްދަކީ އިންޓަނޭޝަނަލް އެއާސްޕޭސް ކަމަށާއި، އެ ސަރަޙައްދުގައި ހިމެނޭ ފްލައިޓް އިންފޮމޭޝަން ރީޖަން (އެފްއައިއާރް) އަކީ ވައިގެ ދަތުރުފަތުރުގެ ސަލާމަތަށް ޚިދުމަތް ދޭ ސަރަޙައްދެއް ކަމަށް މިނިސްޓްރީން ބުންޏެވެ.

/
View post on Twitter

ޑިފެންސް މިނިސްޓްރީން މި މަޢުލޫމާތުތައް ޙިއްސާކޮށްފައިވަނީ، ރާއްޖޭގެ ދެކުނަށް އޮންނަ ޑިއޭގޯ ގާސިއާގައި ހުންނަ އިނގިރޭސިވިލާތާއި އެމެރިކާގެ އަސްކަރީ މަރުކަޒު ބޭނުންކޮށްގެން އީރާނަށް ޙަމަލާދިނުމުގައި ރާއްޖޭގެ ވައިގެ ސަރަޙައްދު ބޭނުންކޮށްފާނެ ކަމުގެ ވާހަކަތަކެއް ދެކެވިފައިވާ ދަނޑިވަޅެއްގައެވެ.

މިކަމާ ގުޅިގެން ސަރުކާރުން ވަނީ ރާއްޖޭގެ ވައިގެ ސަރަޙައްދު އެއްވެސް ބަޔަކަށް އެފަދަ ކަމެއްގައި ބޭނުންކުރުމުގެ ހުއްދަ ނުދޭނެ ކަމުގެ ފުރިހަމަ ޔަޤީންކަން ދީފައެވެ.

/
ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d/