ޑިފެންސް މިނިސްޓަރުގެ މަގާމަށް ޙަސަން ރަޝީދު އައްޔަންކުރައްވައިފި

އަޙްމަދު ސަދޫފް މޫސާ
15 އޭޕްރީލު 2026 - 15:52

SHARE
މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސަރވިސްގެ މަގާމަށް، އަލްފާޟިލް ޙަސަން ރަޝީދު މިއަދު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އައްޔަންކުރައްވައިފިއެވެ.

މި މަގާމަށް ހަސަން އައްޔަންކުރެއްވުމާ ގުޅިގެން، މަގާމުގެ ފަތްކޮޅު ދެއްވުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ މިރޭ އިރާކޮޅުގެ ވަގުތެއްގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
މި ރަސްމިއްޔާތުގައި، ވަޒީރުންގެ މަޖިލީހުގެ މެންބަރުކަމުގެ ހުވައި ޙަސަން ރަޝީދަށް ލައިދެއްވީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑޮކްޓަރ މުޙައްމަދު އިބްރާހީމްއެވެ.
ހުވައި ކުރެއްވުމަށްފަހު، ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ހުވައިގެ އިޤްރާރުގައި އައު ވަޒީރު ވަނީ ސޮއިކުރައްވާފައެވެ.




