އައިޖީއެމްއެޗްގައި ހުމާއި ރޯގާއަށް ހާއްސަ ކްލިނިކްއެއް ހުޅުވައިފި

ފާޠިމަތު ހިބާ

އައިޖީއެމްއެޗް--ފޮޓޯ
SHARE
އައިޖީއެމްއެޗްގައި ހުމާއި ރޯގާއަށް ހާއްސަ ފްލޫ ކްލިނިކެއް ހުޅުވައިފިއެވެ.

އައިޖީއެމްއެޗްއިން ބުނި ގޮތުގައި ފްލޫ ކްލިނިކަށް ދާއިރު ހުރިހާ އެންމެންވެސް ފުރަތަމަ ދާންޖެހޭނީ އީ.އާރް ޓްރައިޖަށެވެ. އަދި ކިއުބީ ޓޯކެން ސިިސްޓަމްއިން ފުލޫ ކުލިނިކުގެ ޓޯކެން ނަމްބަރެއް ނެގުމުން ފުލޫ ކްލިނިކަށް ނުވަތަ އިމަޖެންސީ ރޫމަށް ވަންނަން ޓްރައޭޖްއިން އިރުޝާދު ދޭނެކަމަށް ބުނެފައިވެއެވެ.
މި ކްލިނިކްއިން ޑޮކްޓަރަށް ދެއްކުމާއި ލޭގެ ސާމްޕަލް ނެގޭނެކަމަށް އައިޖީއެމްއެޗްއިން ބުނެއެވެ. އަދި ކޮންމެ ދުވަހަކުވެސް ހެނދުނު 10:00 އިން ރޭގަނޑު22:00 އަށް އައިޖީއެމްއެޗްގެ ކޮންސަލްޓޭޝަން ރޫމް ނަމްބަރު 10 އިން ހިދުމަތް ލިބޭނެކަމަށްވެސް ބުނެއެވެ.
މިދުވަސްވަރަކީ އުމްރާގެ އަޅުކަމަށްފަހު ގިނަބަޔަކު އެނބުރި ރާއްޖެ އަންނަ ދިވަސްވަރުކަމުން އާންމުކޮންވެސް މިދުވަސްވަރު ރާއްޖޭގައި ރޯގާއާއި ހުމާއި ކެއްސުން އިތުރުވެއެވެ.





