logo

އައްޑޫގައި ކެތު ލެބު ހުޅުވައި ހިދުމަތްދޭން ފަށައިފި

ފާޠިމަތު ހިބާ

ފާޠިމަތު ހިބާ

29 ޖެނުއަރީ 2026 - 06:46
އައްޑޫގައި ކެތު ލެބު ހުޅުވައި ހިދުމަތްދޭން ފަށައިފި

ކެތު ލެބްގައި މީހަކަށް ފަރުވާ ދެނީ--ފޮޓޮ/

SHARE

އައްޑޫ އިކުއިޓިރިއަލް ހޮސްޕިޓަލާއި އައިޖީއެމްއެޗާއި ގުޅިގެން އައްޑޫ ސިޓީގައި ކެތު ލެބްގެ ހިދުމަތް ފަށައިފިއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

އިއްޔެ އައިޖީއެމްއެޗްއިން ބުނި ގޮތުގައި އައްޑޫގައި ކެތު ލެބްގެ ހިދުމަތް ފަށާފައިވަނީ މިދިޔަ އަންގާރަ ދުވަހުއެވެ. އެގޮތުން އައިޖީއެމްއެޗްގެ ހިތުގެ ބަލިތަކާ އިންޓަވެންޝަނަލް ކާޑިއޮލޮޖީގެ ހާއްސަ ސްޕެޝިއަލިސްޓް ޓީމެއް ކޮންމެ ދެ ހަފްތާއަކުން އެއްފަހަރު އައްޑޫއަށް ދިޔުމަށް ހަމަޖެހިފައިވާކަމަށް އައިޖިއެމްއެޗްއިން ބުނެފައިވެއެވެ.

އައިޖީއެމްއެޗްއިން ބުނި ގޮތުގައި މި ހިދުމަތް ފެށިތާ ދެދުވަސް ތެރޭގައި، އިއްޔެއާއި ހަމައަށް ޖުމްލަ ހަ ބަލިމީހކަށް ވަނީ ކާމިޔާބުކަމާއެކު ފަރުވާދެވިފައެެވެ.

އައިޖީއެމްއެޗްއިން ބުނި ގޮތުގައި މިއީ އައްޑޫ ސިޓީގެ އިތުރުން މުޅި ދެކުނުގެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ހިތުގެ ބަލިތަކުގެ ފަރުވާ ހޯދުމަށް ފަސޭހަވެގެންދާނެ ފުރުސަތެކެވެ.

އަދި އައިޖީއެމްއެޗްގެ މައިގަނޑު މަގްސަދަކީ މި ހިދުމަތް އެންމެ ފުރިހަމަ ފެންވަރުގައި ދެމެހެއްޓެނިވި ގޮތެއްގައި ރައްޔިތުންނަށް ފޯރުކޮށްދިނުންކަންވެސް ފާހަގަކޮށްފައިވެއެވެ.

/

އައްޑޫގައި ކެތު ލެބްގެ ހިދުމަތް ކާމިޔާބުކަމާއެކު ފެށިގެން ދިޔުމަކީ އައިޖީއެމްއެޗްގެ ނެޝަނަލް ކާޑިއެކް ސެންޓަރާއި އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލާ ގުޅިގެން ކުރެވުނު ބުރަ މަސައްކަތްތަކުގެ ފޮނި ނަތީޖާކަންވެސް އައިޖީއެމްއެޗްއިންވަނީ ފާހަގަކޮށްފައެވެ.

/
ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d/