އައްޑޫ ސިޓީ ހިތަދޫ ފަތާ ޓްރެކް ސަރަހައްދު މޫދުގައި މަރުވެފައި އޮތް މީހަކު ފެނިއްޖެ

އަޙްމަދު ސަދޫފް މޫސާ

އައްޑޫ ހިތަދޫ ސިޓީ ސްކޮއާ --- ސިޓީ އޮފް އައްޑޫ
SHARE
އައްޑޫ ސިޓީ ހިތަދޫ ފަތާ ޓްރެކް ސަރަހައްދު މޫދުގައި މަރުވެފައި އޮތް މީހަކު ފެނިއްޖެއެވެ.

ފުލުހުން ބުނި ގޮތުގައި މި ހާދިސާގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ މިއަދު، މިއަދުގެ ހަވީރު 16:41 އެހާކަންހާއިރުއެވެ.
މޫދުގައި މަރުވެފައި އޮއްވާ ފެނުނު މީހާގެ ހަށިގަނޑު މިހާރު ވަނީ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލަށް ގެންގޮސްފައެވެ. ފުލުހުން ބުނި ގޮތުގައި މަރުވެފައި އޮއްވާ ފެނިފައިވަނީ ބިދޭސީއެކެވެ.
މަރުވެފައި އޮއްވާ ފެނުނު މީހާއަކީ ކާކުކަން ދެނެގަތުމުގެ މަސައްކަތް ފުލުހުން މިހާރު ދަނީ ކުރަމުންނެވެ. ނަމަވެސް، މިހާތަނަށް އެއީ ކޮން ގައުމެއްގެ، ކާކުކަން ދެނެގަނެވިފައި ނުވާކަމަށް ފުލުހުން ބުނެއެވެ.
މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ އިތުރު ކަންކަން ބަލައި، މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.


.jpg&w=3840&q=75)



