
ޖިންސީ ފުރައްސާރައިގެ މައްސަލައެއްގައި ހޯދަމުން ދާ މީހާ
SHARE
ޖިންސީ ފުރައްސާރައިގެ މައްސަލައެއްގައި މިހަކު ހޯދަން ފުލުހުން އިއުލާން ކޮށްފިއެވެ.

ހުޅުމާލެ ފޭސް 2 ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ، ޖިންސީ ފުރައްސާރައިގެ މައްސަލައަކާއި ގުޅިގެން މީހާކު ހޯދުމަށް މަސައްކަތް ކުރަމުން ދާއިރު އޭނާއަކީ ކާކުކަން އަދި ދެނެގަނެވިފައިނުވެއެވެ.
މި މީހާއާ ލިފަޓަށް އަރާ ވީޑިއޯއެއް ފުލުހުން ވަނީ އާންމުކޮށްފައެވެ.

މި ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ހުޅުމާލެ ފޭސް 2 ޕޮލިސް އިންވެސްޓިގެޝަންގެ ނަންބަރު 9393351 ގުޅުއްވައި ހިއްސާކުރުމަށް ފުލުހުން އެދިފައިވެއެވެ.





