ފޭކް ސްލިޕް ފޮނުވައިގެން ސައިކަލެއް ނެގި ބިދޭސީއަކު ހައްޔަރުކޮށްފި

ޢާއިޝަތު ނުޒުހާ
13 އޭޕްރީލު 2026 - 04:35

SHARE
ފޭކް ޓްރާންސްފާ ސްލިޕެއް ފޮނުވައިގެން ސައިކަލެއް ގަތުމުގެ ވިޔަފާރި ކުރި ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ސޮލައިމާން އާމިރު (23އ) އެވެ.
ފުލުހުން ބުނި ގޮތުގައި އޭނާ ވަނީ މަކަރާ ހީލަތުން ވައިބަރ މެދުވެރިކޮށް މިދިޔަ ފެބްރުއަރީ މަހުގެ 19 ވަނަ ދުވަހުހުޅުމާލޭ ފޭސް 1 ގައި ހުންނަ ސާވިސް ސެންޓަރަކުން 92,000 ރުފިޔާގެ އަގުހުރި އޭ.ޑީ.ވީ 160މޮޑެލްގެ ހޮންޑާ ސައިކަލެއް ހޯދައިފައެވެ.
ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރުކޮށްފައިވަނީ މިދިޔަ މަހުގެ 26 ގައެވެ. ކޯޓުން ވަނީ އޭނާގެ ބަންދަށް 15 ދުވަސް ޖަހައިފައެވެ.




