
އައްޑޫ ހިތަދޫ-ހުޅުމީދޫ ގުޅުވާލާނީ ބުރިޖަކުން: ދިރާސާތަކާއި ފަރުމާގެ މަސައްކަތް ބާރަށް ކުރިއަށް

އަޙްމަދު ސަދޫފް މޫސާ
.jpg&w=3840&q=75)
އައްޑު ސިޓީ މަރަދޫގައި ހިނގި މަރާމާރީގައި ދެ މީހަކަށް އަނިޔާވެއްޖެ --- ފޮޓޯ/ ގޫގުލް
SHARE
އައްޑޫ ސިޓީގެ ހިތަދޫ އާއި ހުޅުމީދޫ ގުޅާލުމަށް ސަރުކާރުން ކުރިއަށްގެންދާ ބިޔަ މަޝްރޫޢުގެ ދަށުން، ދެ ރަށް ގުޅާލުމަށް އެންމެ ފައިދާހުރި ގޮތަކީ ބްރިޖެއް އެޅުން ކަމަށް ކަނޑައަޅައި އެ މަސައްކަތުގެ ފަހުގެ އަޕްޑޭޓްތައް މިނިސްޓްރީ އޮފް ހައުސިން، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓުން ހާމަކޮށްފިއެވެ.

މި މަޝްރޫޢުގެ ދިރާސާތަކާއި ޑިޒައިން އަދި ޓެކްނިކަލް މަސައްކަތްތައް ކުރަމުންދަނީ ދުނިޔޭގެ މަޝްހޫރު ކުންފުންޏެއް ކަމަށްވާ "ޓީވައި ލިން" އާ ހަވާލުކޮށްގެންނެވެ.
މިނިސްޓްރީން ބުނި ގޮތުގައި، ދެ ރަށް ގުޅާލުމަށްޓަކައި ކޭބަލް ކާރު ނުވަތަ ބްރިޖް ކަނެކްޝަނެއް ބޭނުންކުރުމާ މެދު ކުރެވުނު ދިރާސާތަކުން ދައްކާގޮތުގައި، ދަތުރުފަތުރުގެ ބޭނުންތަކަށާއި، ކަނޑުގެ ފުންމިން ބެލުމަށް ހެދި ބެތިމެޓްރިކް ސަރވޭ އަދި ޚަރަދަށް ބަލާއިރު އެންމެ ފައިދާހުރި ގޮތަކީ ބްރިޖަކުން ދެ ރަށް ގުޅާލުމެވެ.

މި މަޝްރޫޢު ކުރިއަށް ގެންދިއުމަށް ތިން ރޫޓެއް ދިރާސާކުރުމަށްފަހު، އެންމެ އެކަށީގެންވާ މަގަކީ "ރޫޓް 2" ކަމަށް މިހާރު ވަނީ ނިންމާފައެވެ.
ބްރިޖުގެ ޑިޒައިން އޮޕްޝަންތަކާއި ރޫޓް
އަލަށް ކަނޑައެޅުނު ރޫޓުގައި ކަނޑު ހުރަސްކުރާ ހަތަރު ސަރަހައްދެއް ހިމެނޭއިރު، ކަނޑުގެ ފުންމިނާއި ފުޅާމިނަށް ރިއާޔަތްކޮށް ކޮންސަލްޓަންޓުން ވަނީ ތިން ބާވަތެއްގެ ބްރިޖް އޮޕްޝަނެއް ހުށަހަޅާފައެވެ. އޭގެ ތެރޭގައި ހިމެނެނީ ފްލޯޓިންގ ބްރިޖް، ކޮންޓިނުއަސް ރިޖިޑް ފްރޭމް ގާޑާ ބްރިޖް، އަދި ކޭބަލް ސްޓޭޑް ބްރިޖެވެ.
މިހާރު ކުރިއަށްދަނީ ބްރިޖުގެ އޮނިގަނޑު އެންމެ އެކަށޭނަ ގޮތަށް ފަރުމާކުރުމުގެ މަސައްކަތެވެ.

މަޝްރޫޢުގެ މިހާރުގެ ހާލަތަށް ބަލާއިރު، ތިމާވެށީގެ ބައެއް ދިރާސާތައް ނިންމައި، ހިތަދޫ އާއި ހުޅުމީދޫ ގުޅާލާނެ ކޮންސެޕްޓް ޑިޒައިން މިހާރު ވަނީ ތައްޔާރުކޮށްފައެވެ. މިނިސްޓްރީން މިހާރު ދަނީ ކޮންސަލްޓަންޓް ހުށަހަޅާފައިވާ މި ކޮންސެޕްޓް ރިވިއުކޮށް ބަލަމުންނެވެ.
މީގެ އިތުރުން، ބިމުގެ އަޑީގެ ހާލަތު ދެނެގަތުމަށް ހަދާ ޖިއޯޓެކްނިކަލް ދިރާސާތައް ކުރިއަށް އޮތް އެއް މަސްދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ ތާވަލުކޮށްފައެވެ.
މި މަޝްރޫޢުގެ ފީސިބިލިޓީ ރިޕޯޓްތަކާއި، ޕްރިލިމިނަރީ ޑިޒައިން އަދި ޓެންޑަރ ކުރުމަށް ބޭނުންވާ ލިޔެކިޔުންތައް މިއަހަރުގެ ޖޫން މަހުގެ ނިޔަލަށް އެއްކޮށް ނިންމާލެވޭނެ ކަމަށް ހައުސިންގ މިނިސްޓްރީން ލަފާކުރެއެވެ.
އައްޑޫ ހިތަދޫ ހުޅުމީދޫ ގުޅުވާލުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުފުޅެއްވެސް މެއެވެ.




