
ބާރަށު އަދި މުރައިދޫގެ މަގުތައް ތަރައްގީ ކުރުމަށް ސޮއިކޮށްފި

އަޙްމަދު ޝާބިން

SHARE
ހއ. މުރައިދޫ މަގުތައް ތަރައްގީ ކުރުމަށް އަދި ހއ. ބާރަށު ރިންގްރޯޑް ތަރައްގީ ކުރުމުގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން ހައުސިން އެންޑް އިންފްރާސްޓްރަކްޗާ، ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ) އާއެކު މިއަދު ސޮއިކޮށްފިއެވެ.

ދެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރައްވާފައިވަނީ ސްޓޭޓް މިނިސްޓަރު ޙަސަން ރަޝީދުއެވެ. އާރުޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ނަޡީމްއެވެ.
މި ރަސްމިޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ ޢިއްޒަތްތެރި މެންބަރު އިބްރާހީމް ޝުޖާޢު ބައިވެރިވެވަޑައިގެންނެވިއެވެ.
މިދިޔަ ސަރުކާރުން މުރައިދޫގެ ބަނދަރު ހެދުން ހުއްޓާލުމަށް ފަހު ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ 2024 ވަނަ އަހަރު އެ މަޝްރޫއު ފަށާނެ ކަމުގެ ޔަގީންކަން އެރަށު ރައްޔިތުންނަށް ދެއްވާފައެވެ. އެ މަސައްކަތުގެ ދަށުން މުރައިދޫގެ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއު ވަނީ މިއަހަރުގެ ޖެނުއަރީ މަހު އެމްޓީސީސީއާ ހަވާލުކޮށްފައެވެ.

.jpg&w=3840&q=75)


