ނާށި ބޭނުންކޮށްގެން އަތްތެރި މަސައްކަތްތައް ދަސްކޮށްދޭ ވޯކްޝޮޕެއް ފަށައިފި
.jpg&w=3840&q=75)
ހާއިމް އަހްމަދު ހާޝިމް

ނާށި ބޭނުންކޮށްގެން އަތްތެރި މަސައްކަތްތައް ދަސްކޮށްދޭ ވޯކްޝޮޕުގެ ތެރެއިން -- ފޮޓޯ: ސަރުކާރު
SHARE
ޔޫތު މިނިސްޓްރީން ނާށި ބޭނުންކޮށްގެން އަތްތެރި މަސައްކަތްތައް ދަސްކޮށްދޭ ހާއްސަ ވޯކްޝޮޕެއް ފަށައިފިއެވެ.

ޔޫތު މިނިސްޓްރީން ބުނީ އެ ވޯކްޝޮޕަކީ ޒުވާނުންގެ ހުނަރު ކުރިއެރުވުމަށްޓަކައި އެ މިނިސްޓްރީން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން މަސައްކަތެއްކަމަށެވެ.
އަދި އެ ވޯކްޝޮޕުގައި ޖުމުލަ 15 ޒުވާނުން ބައިވެރިވެފައިވާކަމަށާއި، ވޯކްޝޮޕް ކުރިއަށްދާނީ ޔޫތު ހަބުގެ ޓްރެއިނިންގް ރޫމުގައި ކަމަށް ޔޫތު މިނިސްޓްރީން މައުލީމާތު ދިނެވެ.
އެ މިނިސްޓްރީން ބުނީ ނާށި ބޭނުން ކޮށްގެން އަތްތެރި މަސައްކަތްތައް ދަސްކޮށްދޭ މި ހާއްސަ ވޯކްޝޮޕަކީ އުމުރުން 18 އަހަރާއި 35 އަހަރާ ދެމެދުގެ ޒުވާނުންނަށް އަމާޒުކޮޮށްގެން ހިންގާ ޕްރޮގްރާމެއްކަމަށެވެ.
މީގެ އިތުރުން، މި ވޯކްޝޮޕުގައި ކާށިކުނބު ބޭނުންކޮށްގެން ތަފާތު ސަގާފީ އަދި ޒަމާނީ ތަކެތި ފަރުމާކޮށް ތައްޔާރުކުރާނެ ގޮތްތައް ދަސްކޮށްދޭނެ ކަމަށްވެސް ޔޫތު މިނިސްޓްރީން ބުންޏެެވެ.

އަދި އެ ވޯކްޝޮޕަކީ އެއްވެސް ފީ އެއް ނުނަގައި ހިލޭ ކުރިއަށްގެންދާ ވޯކްޝޮޕެއްކަން މިނިސްޓްރީީން ފާހަގަ ކުރިއެވެ.
ކޮންމެ ދުވަހެއްގެ ހަވީރު 4:00 ން ފެށިގެން އިރުއޮއްސި 6:00 ހަމައަށް އެ ވޯކްޝޮޕް ކުރިއަށްދާނެކަމަށް ޔޫތު މިނިސްޓްރީން ބުނެފައިވެއެވެ.




