ޒުވާނުންނަށް ނަފުސާނީ އެހީތެރިކަން ފޯރުކޮށްދޭ ހެލްޕްލައިން, 1456 ތައާރަފުކޮށްފި
އައިޝަތު ހިދާޔާ

ބާރުބޮޑު ދުވަހެއްގައި މާލޭގެ ބާރުބޮޑު ދުވަހެއްގައި -- ފޮޓޯ: މިހާރު
SHARE
ޒުވާނުންނަށް ނަފުސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހާއްސަ ހެލްޕްލައިން, 1456 ތައާރަފު ކޮށްފިއެވެ.

މި ހެލްޕްލައިން ތައާރަފުކޮށްފައި ވަނީ, ޔޫތް މިނިސްޓްރީންނެވެ. އެ މިނިސްޓްރީން ބުނީ, މިއީ ޒުވާނުންނަށް ދމާވާ އެކި މައްސަލަތަކުގައި ކައުންސެލިންގެ ހިތުމަތް ފޯރުކޮސްދޭނެ ނަމްބަރެއް ކަމަށެވެ. އަދި ނަފުސާނީ އެހީތެރިކަމާއި ދުޅަހެޔޮވުމަށް ބޭނުންވާ އިރުޝާދާއި އެހެނިހެން އެހީތެރިކަން ވެސް މި ނަމްބަރުން ފޯރުކޮށްދޭނެކަމަށް މިނިސްޓްރީން ބުންޏެވެ.
ޒުވާނުންނަށް ތައާރަފުކުރި ހެލްޕްލައިންއިން އެހީ ފޯރުކޮށްދޭ ދާއިރާތައް: ަ
- ވަކިވަކި ފަރުދުންނާއި އާއިލާއަށް ކައުންސެލިންގެ ހިދުމަތް
- ނަފުސާނީ އެހީތެރިކަމާއި ގައިޑެންސް
- ސައިކޮލޮޖިކަލް ފަސްޓް އެއިޑްގެ ޚިދުމަތް
- ހެލްތް ސްކްރީނިންގެ ޚިދުމަތް
- ނުފަސާނީ ދުޅަހެޔޮކަމަށް ހޭލުންތެރި ކުުރުމުގެ ސެޝަންތަކާއި ލައިފް ސްކިލް ސެޝަންތައް
- އެހެން ޚިދުމަތްތައް
ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ރަސްމީ ވަގުތުގައި މި ނަމްބަރަށް ގުލާ އެހީތެރިކަން ހޯދޭނެކަން މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.
ނަފުސާނީ އެހީތެރިކަން 24 ގަޑިއިރު ފޯރުކޮށްދޭ ހެލްޕްލައިން "1677" ވެސް މީގެކުރިން ވަނީ ތައާރަފު ކޮށްފައެވެ. މި ހެލްޕްލައިންގެ ޚިދުމަތް ގިނަ ބަޔަކު ބޭނުންކުރާކަމަށް ހެލްތު މިނިސްޓްރީން މީގެކުރިން ވަނީ ބުނެފައެވެ.

