logo

މިނިވަން ދުވަހާ ގުޅިގެން ކުރިއަށް ގެންދިޔަ ފޮޓޯ އަދި ކުރެހުމުގެ މުބާރާތުގެ ވަނަތައް ހޮވައިފި

އައިޝަތު ހިދާޔާ

3 އޯގަސްޓު 2026 - 07:34
މިނިވަން ދުވަހާ ގުޅިގެން ކުރިއަށް ގެންދިޔަ ފޮޓޯ އަދި ކުރެހުމުގެ މުބާރާތުގެ ވަނަތައް ހޮވައިފި

ފޮޓޯ/ ނައުޝަމް ވަހީދު- ފޭސްބުކް

SHARE

މިދިޔަ މަހުގެ 26ވަނަ ދުވަހު ފާހަގަކުރި މިނިވަން ދުވަހާ ގުޅިގެން ފަންނާއި ސަގާފަތާ ތަރިކައާ ބެހޭ ވުޒާރާ އަދި ނެޝަނަލް ސެންޓާ ފޯ ދި އާޓްސް (އެންސީއައި)އިން ކުރިއަށް ގެންދިޔަ ފޮޓޯ ނެގުމާއި ކުރެހުމުގެ މުބާރާތުގެ ވަނަތައް ހޮވައިފިއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

މިއީ މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ މުބާރާތެކެވެ. މި މުބާރާތުގެ ވަނަތައް ހޮވައި އިނާމު ހަވާލުކުރުމަށް ރޭ ރަސްމިއްޔާތެއް ބާއްވާފައި ވާއިރު, މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއުއެވެ.

undefined

ކުރެހުމުގެ މުބާރާތް ތިން ބަޔަކަށް ބަހައިލައިގެން ކުރިއަށް ގެންދިޔައިރު, ފޮޓޯ ނެގުމުގެ މުބާރާތް ކުރިއަށް ގެންގޮސްފައި ވަނީ 16 އަހަރުން މައްޗަށެވެ.

ކުރެހުމުގެ މުބާރާތުގެ އުމުރުފުރާތަކަކީ:

  1. 10 އަހަރާއި 15 އަހަރާ ދެމެދު
  2. 16 އަހަރާ 20 އަހަރާ ދެމެދު
  3. 21 އަހަރުން މަތި

މި ދެ މުބާރާތުގެ ކޮންމެ ކެޓަގަރީއަކުން އެއްވަނައަށްދާ ފަރާތަށް 10,000 ރުފިޔާގެ އިނާމެއް ހުށަހަޅައިފައި ވެއެވެ. އަދި ދެވަނައަށް 6000 ރުފިޔާ އަދި ތިންވަނައަށް 3000 ރުފިޔާ ހުށަހަޅައިފައި ވެއެވެ.

ކުރެހުމުގެ މުބާރާތުގައި ޖުމުލަ 74 ކުރެހުން ބައިވެރި ކޮށްފައި ވެއެވެ. އޭގެތެރޭގައި ހިމެނެނީ, 10 އަހަރާއި 15 އަހަރާ ދެމެދުގެ އުމުރުފުރާއިން ހުށަހެޅި 31 ކުރެހުމާއި, 16 އަހަރާއި 20 އަހަރާ ދެމެދުގެ އުމުރުފުރާއިން ހުށަހެޅި 28 ކުރެހުން އަދި 21 އަހަރުން މަތީގެ އުމުރުފުރާއިން ހުށަހެޅި 15 ކުރެހުމެވެ.

ފޮޓޯގްރަފީ މުބާރާތުގައި 90 ފަރާތަކުން ބައިވެރި ވެފައި ވާކަން ވެސް އެންސީއައި އިން ވަނީ ފާހަގަކޮށްފައެވެ.

ކުރެހުމުގެ މުބާރާތުން ވަނަ ވަނަ ހާސިލްކޮށްފައި ވަނީ:

10 އަހަރާއި 15 އަހަރާ ދެމެދު

  1. 1ވަނަ, މުހައްމަދު ޔޫއާން އަލީ
  2. 2ވަނަ ޔުސައިރާ މުހައްމަދު ޔަމާނީ
  3. 3ވަނަ މަރިޔަމް އަންޖަލް ސިދުނީން

16 އަހަރާއި 20 އަހަރާ ދެމެދު

  1. އެއްވަނަ, ފާތިމަތު މަންޝާ އިބްރާހީމް
  2. ދެވަނަ, އައިނާ އަހަމަދު ޒަބީހް
  3. އަހްމަދު އީމާން މުހައްމަދު

21 އަހަރުން މަތިި

  1. އެއްވަނަ, އަލީ ނަބީލް
  2. އައިޝަތު ލިއުޝާ
  3. އައިޝަތު ތުބާ އަލީ

ފޮޓޯގްރަފީ މުބާރާތުން އެއްވަނަ ހޯދީ, ނައުޝަމް ވަހީދެވެ. ދެވަނަ ސިދުރާ އިބްރާހީމް ހޯދާފައިވާއިރު, ތިންވަނަ ހޯދާފައި ވަނީ އިބްރާހީމް ޝަހީމެވެ.

undefinedފޮޓޯ/ ނައުޝަމް ވަހީދު - ފޭސްބުކް

މި މުބާރާތުގެ ކޮންމެ ކެޓަގަރީއަކުން އެންމެ މޮޅު ދިހަ ކުރެހުން އަދި މުބާރާތުން އެންމެ މޮޅު ދިހަ ފޮޓޯ އާންމުންނަށް ދައްކައިލުމަށް މިހާރު ވަނީ އާޓް ގެލެރީގައި ބަހައްޓައިފައެވެ.

"ދި އެގްޒިބިޓް"ގެ ނަމުގައި މިހާރު ކުރިއަށްދާ މައުރަޒު މިމަހުގެ އަށްވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ދާނެއެވެ.

އްްް/

ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d