logo

ޒުވާނުންގެ ހިޔާލާއި އަޑަކީ ގައުމުގެ ތަރައްގީއަށް މުހިންމު ކަންކަން: ރައީސް

ފާތިމަތު މިޝްކާ

12 އޯގަސްޓު 2026 - 06:17
ޒުވާނުންގެ ހިޔާލާއި އަޑަކީ ގައުމުގެ ތަރައްގީއަށް މުހިންމު ކަންކަން: ރައީސް

ރައީސް މުއިއްޒު މިނިވަން ދުވަހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ / ފޮޓޯ: ރައީސް އޮފީސް

SHARE

ޒުވާނުންގެ ޚިޔާލުތަކާއި، އަޑާއި، އުންމީދުތަކަކީ، ގައުމީ ތަރައްގީއަށް އަގުހުރި އުންސުރުތަކެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

ޒުވާނުންގެ ދުވަހާއި ގުޅިގެން ރައީސް ފޮނުއްވި މެސެޖުގައި ދިވެހި ޒުވާނުންގެ ބުންވަރާއި ވިލުންތެރިކަމަށް ތަޢުރީފުކުރައްވައި އެމަނިކުފާނު ވަނީ، ޒުވާނުންގެ އިޚުލާޞްތެރިކަމުގެ ބާރުން، ފުދުންތެރިކަމާއި، ވިލުންތެރިކަމާއި، ދެމެހެއްޓެނިވި ތަރައްގީގެ މަންޒިލަށް ގައުމު މިސްރާބު ޖަހާނޭކަން ޔަގީންކުރައްވާކަމަށް ވިދާޅުވެފައެވެ.

ދިވެހިރާއްޖޭގެ އާބާދީގެ ގާތްގަނޑަކަށް 45 އިންސައްތަ އަކީ ޒުވާނުންކަން ފާހަގަކުރައްވަމުން އެމަނިކުފާނު ވަނީ، ގައުމުގެ މުސްތަގުބަލު ބައްޓަންކުރުމުގައި ޒުވާނުން އަދާކުރާ މުހިންމު ދައުރު ހަނދުމަފުޅުކޮށްދެއްވާފައެވެ. އެގޮތުން، ދީނީ، ތަޢުލީމީ، ސައިންސް އަދި ކުޅިވަރުގެ ދާއިރާއިން ޒުވާނުން ހޯދަމުންދާ ކާމިޔާބީތަކާއި ކުރާ އުންމީދުތަކަށް ސާބަސްދެއްވައި، މި ކަންކަމުން ހެކިކޮށްދެނީ މި ޖީލުން ކާމިޔާބީއަށް ވާސިލުވުމަށް ކުރާ މަސައްކަތްތައްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސްގެ މެސެޖުގައި ތައުލީމީ ފުރުސަތުތަކާއި ކާމިޔާބީތަކާ އެއްވަރަށް ވަޒީފާގެ ފުރުސަތުތައް އުފެއްދުމަށް ސަރުކާރުން މަސައްކަތްކުރައްވާކަމަށް ވިދާޅުވި އެވެ. އަދި ވަޒީފާގެ މައިދާނުގައި ފުރުސަތު އުފެއްދޭކަން ކަށަވަރުކުރުމަށްޓަކައި، ޤައުމީ ފެންވަރުގައި މަތީ ތަޢުލީމާއި ތަމްރީނުގެ ފުރުޞަތުތައް އިތުރުކުރުމަށް މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށް ވިދާޅުވި އެވެ.

އެގޮތުން، ނޭޝަނަލް އެޕްރެންޓިސްޝިޕް ޕުރޮގުރާމާއި، ނޭޝަނަލް ސަރވިސް ޕުރޮގުރާމު ފަރުމާކޮށްފައިވަނީ، ތަޢުލީމީ މައިދާނުން ވަޒީފާގެ މައިދާނަށް ދިއުމުގެ އިންތިޤާލީ މަރުޙަލާ އޮމާންކޮށްދިނުމަށްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"ކޮންމެ ދިވެހި ޒުވާނަކަށްވެސް އެ މީހެއްގެ ފުރިހަމަ ޤާބިލިއްޔަތަށް ވާސިލުވެވޭނޭ ފަދަ ފަހި މާހައުލެއް އުފައްދައިގެން، ޒުވާނުން ބާރުވެރިކުރުވުމުގެ ޢަޒުމުގައި ދިވެހި ސަރުކާރު ސާބިތުކަމާއެކު ދެމިއޮންނާނެ،" ރައީސް ވިދާޅުވި އެވެ.

ރައީސްގެ މެސެޖުގައި ތަފާތު ޙާލަތްތަކުން އަންނަ މީހުން ހިއްސާކުރާ އުންމީދުތަކުގެ މައްޗަށް ބިނާކޮށްފައިވާ ދުވަހުގެ ޝިޢާރަށް އަލިއަޅުއްވާލެއްވި އެވެ. އެގޮތުން، ތަފާތު ރަށްރަށާއި، ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ހަގީގަތްތަކެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އެހެންނަމަވެސް، ފެންވަރު ރަނގަޅު ތައުލީމާއި، މާނަހުރި ފުރުސަތުތަކާއި، އަބުރުވެރި ދިރިއުޅުމާއި، ތިމާ އާއި ތިމާގެ އާއިލާއަށް އަދަށް ވުރެ ފަހި މާދަމާއެއް ލިބުން ފަދަ، ހުރިހާ ޒުވާނުން ހިއްސާކުރާ އުންމީދުތަކެއް ހުންނާނޭކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d