logo

ރައީސް މުޢިއްޒުގެ މޭޔަރުކަމުގެ ދައުރަކީ މާލޭގެ މުނިސިޕަލް ޚިދުމަތުގެ ރަންޒަމާން: ޖަލީލް

އަޙްމަދު ސަދޫފް މޫސާ

އަޙްމަދު ސަދޫފް މޫސާ

18 ޖެނުއަރީ 2026 - 17:50
ރައީސް މުޢިއްޒުގެ މޭޔަރުކަމުގެ ދައުރަކީ މާލޭގެ މުނިސިޕަލް ޚިދުމަތުގެ ރަންޒަމާން: ޖަލީލް

SHARE

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މާލެ ސިޓީގެ މޭޔަރުކަމުގައި ހުންނެވި ދައުރަކީ މާލޭގެ މުނިސިޕަލް ޚިދުމަތުގެ "ރަންޒަމާން" ކަމަށް، މާލެ ސިޓީގެ މޭޔަރުކަމަށް ޕީއެންސީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓް، ކުރީގެ ޑިފެންސް މިނިސްޓަރު މޭޖާ ޖެނެރަލް ރިޓަޔަޑް މޫސާ އަލީ ޖަލީލު މިރޭ ވިދާޅުވެއްޖެއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

ކެންޑިޑޭޓް މޫސާ ޖަލީލުގެ ކެމްޕޭން ޖަގަހަ ހުޅުވުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން އޭނާ ވިދާޅުވީ، ރައީސް މުޢިއްޒުގެ މޭޔަރުކަމުގައި މާލޭގެ ހިންގުމަށް އިންގިލާބީ ބަދަލުތަކެއް ގެންނެވި ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު މޭޔަރުކަމުގައި ހުންނެވި ދެ އަހަރާއި ފަސް މަހާއި ދުވަސްކޮޅެއްގެ ތެރޭގައި މާލޭ ސިޓީގެ މުނިސިޕަލް ހިދުމަތުގެ ރަންޒަމާނެއް އައިސްގެންދިޔަ. ރައްޔިތުންގެ ގޭގެއަށް ސިލްސިލާކޮށް ޒިޔާރަތްކުރައްވައި، ސިލްސިލާކޮށް ރައްޔިތުންގެ ބައްދަލުވުންތައް ބާއްވަވައި، ރައްޔިތުންގެ އަޑު ގާތުން އެއްސެވި، - ޕީއެންސީގެ މާލެ ސިޓީ މޭޔަރު ކެންޑިޑޭޓް، މޭޖާ ޖެނެރަލް ރިޓަޔަޑް މޫސާ އަލީ ޖަލީލު

އަދި ރައީސްގެ މޭޔަރުކަމުގައި ގުރުއާން މުބާރާތްތަކާއި ކުޅިވަރު ފެސްޓިވަލްތައް ބާއްވަވައި އެކުވެރިކަމާއި އިޖުތިމާއީ ރޫހު އާލާކުރައްވައި، އީދުގެ ދިއްލުންތަކުން މާލޭ ސިޓީއަށް ހިނިތުންވުން ގެނެސްދެއްވައި އެހެން ސިޓީތަކާއި ރަށްރަށަށް ނަމޫނާ ދެއްކެވި ކަމަށްވެސް ޖަލީލް ވިދާޅުވިއެވެ.

ޖަލީލު ފާހަގަކުރެއްވި ގޮތުގައި 2011 ވަނަ އަހަރުން ފެށިގެން ދިހަ ވަރަކަށް އަހަރު ވަންދެން މާލޭގެ ރައްޔިތުންނަށް ކައުންސިލުން އެކަށީގެންވާ ޚިދުމަތްތަކެއް ނުލިބި އޮތް އޮތުން ބަދަލުކުރެއްވީ ރައީސް މުޢިއްޒުގެ މޭޔަރުކަމުގައެވެ. އަދި އެއީ މާލޭގެ ރައްޔިތުން އެންމެ ގިނަ ވޯޓު ދީގެން އިންތިޚާބުކުރި މޭޔަރުކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.

/
މާލޭ ސިޓީގެ މޭޔަރަކަށް އިންތިހާބުވުމުގެ ދަތުރު އަޅުގަނޑު މިފަށަނީ މި ސިޓީގެ ރައްޔިތުން އެންމެ ލޯބިވާ އިހުތިރާމުން ބަލައިގަތް ހީވާގި މޭޔަރު ރައީސް ޑރ.މުޙައްމަދު މުޢިއްޒުގެ ފިޔަވަޅުފުޅު މަތީ އެމަނިކުފާނު ހިންގެވި މަގު އިހުތިޔާރުކޮށް،- ޕީއެންސީގެ މާލެ ސިޓީ މޭޔަރު ކެންޑިޑޭޓް، މޭޖާ ޖެނެރަލް ރިޓަޔަޑް މޫސާ އަލީ ޖަލީލު

މީގެ އިތުރުން ޖަލީލު ވިދާޅުވީ، ޕީއެންސީގެ މެންބަރުންގެ އިތުބާރު ދަމަހައްޓައި، މާލޭގެ ރައްޔިތުންގެ ހައްގުގައި ފަޚްރުވެރި މަސައްކަތްތަކެއް ކޮށްދިނުމަކީ އޭނާގެ އެންމެ ބޮޑު ޢަޒުމް ކަމަށެވެ.

އަދި އޭނާ ވާނީ ވަކި ކުލައަކަށް ތަފާތުކުރުމެއްނެތި މަސައްކަތް ކުރާނެ ޚާދިމަކަށް ކަމަށާއި، މާލޭގެ ރައްޔިތުންގެ ހިތްތައް ފަތަހަކުރާނީ ލޯތްބާއި އޯގާތެރިކަމާއެކު، ސަރުކާރާ ގުޅިގެން ރައްޔިތުން އެންމެ ބޭނުންވާ ޚިދުމަތްތައް ފުއްދައިދީގެން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

/
ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d/