logo

ދަރިވަރުންނަށް 'ސްޕޫން ފީޑުކުރުން' ހުއްޓާލައި، އަމިއްލައަށް ޒިންމާވާން ދަސްކޮށްދޭންޖެހޭ: ވަޒީރު

އަޙްމަދު ސަދޫފް މޫސާ

އަޙްމަދު ސަދޫފް މޫސާ

27 ޖެނުއަރީ 2026 - 06:34
ދަރިވަރުންނަށް 'ސްޕޫން ފީޑުކުރުން' ހުއްޓާލައި، އަމިއްލައަށް ޒިންމާވާން ދަސްކޮށްދޭންޖެހޭ: ވަޒީރު

ހުޅުމާލެ ޝަހީދު އަލީ ސްކޫލު ހުޅުވުމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: ރައީސް އޮފީސް

SHARE

ދަރިވަރުންނަށް "ސްޕޫން ފީޑުކޮށް" އެ ކުދިން ކިޔެވުމުގެ އެއްވެސް ޒިންމާއެއް ނުނަގާގޮތަށް ކިޔަވައިދިނުން ބަދަލުކޮށް، ކިޔެވުމަށް ޒިންމާވާ ބައެއްގެ ގޮތުގައި އެ ދަރިވަރުން ބިނާ ކުރުމަށް ތަައުލީމީ ވަޒީރު ޑރ. އިސްމާއިލް ޝަފީޢު އެދިވަޑައިގެންފިއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

ދިރާސީ އައު އަހަރު ފެށުމާއި އެކު ހުޅުމާލޭގައި މިއަދު އަލަށް ހުޅުވައި ކިޔެވުން ފެށި ޝަހީދު ޢަލީ ސުކޫލްގައި ހުންނަވައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، ދަރިވަރުންނަކީ ކާމިޔާބު އަދި ޒިންމާދާރު ބަޔަކަށް ހެދުމަށް އެންމެން މަސައްކަތް ކުރަންވާނެކަމަށާއި، އެ ދަރިވަރުންނަކީ މިއަދުގެ މުސްތަގުބަލުކަމަށެވެ.

އެގޮތުން އެ ދަރިވަރުންގެ ކިބައިގައި ރީތި އަޚްލާގާއި ރިވެތި ސުލޫކު ގާއިމުކުރުމަށްޓަކައި ތަރުބަވީ ޚާއްސަ ޕްރޮގްރާމެއް ކުރިޔަށް ގެންދިޔުމަށް މިނިސްޓްރީން ރާވައިފައިވާ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

އެއާއެކު ވަޒީރު ވަނީ ދަރިވަރުންނަކީ އަމިއްލަ އުނގެނުމަށް ޒިންމާވާ ބައެއްގެ ގޮތުގައި ބައްޓަންކުރުމަށް ބެލެނިވެރިންނާއި ޓީޗަރުންގެ ކިބައިން އެދިވަޑައިގެންފައެވެ.

"އަބަދުމެ ސްޕޫންފީޑް ކޮށްގެން، އަބަދުމެ ކައިރީގައި ބައިންދައިގެން ކިޔަވައިދިނުމުގެ ވައްޓަފާޅި ބަދަލުކުރަން އެބަޖެހޭ. ފިކުރާއި ވިސްނުން ތަރައްޤީވާނީ އޭރުން. ދަރިވަރުންނަށް ކިޔެވުމަށް މިނިވަންކަންދޭން އެބަޖެހޭ،" ވަޒީރު ވިދާޅުވިއެވެ.

https://pnc.mv/local-council-inthihaab-2026

ވަޒީރު އިތުރަށް ވިދާޅުވީ އަމިއްލަ އުނގެނުމަށް ޒިންމާދާރު ޖީލެއް ބިނާކުރެވިއްޖެނަމަ، މަސައްކަތުގެ މާހަލުގަޔާއި އަމިއްލަ ދިރިއުޅުމާމެދުވެސް ޒިންމާދާރު ޖީލެއް ބިނާކުރެވޭނެ ކަމަށެވެ.

/
ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d/