logo

އޭލެވެލް އިމްތިހާނު މެއި/ޖޫންގައި ނުހެދޭތީ ދަރިވަރުން ކަންބޮޑުވެ ޕެޓިޝަނެއް ހުށަހަޅަނީ

އަޙްމަދު ޝާބިން

އަޙްމަދު ޝާބިން

2 ފެބްރުއަރީ 2026 - 09:16
އޭލެވެލް އިމްތިހާނު މެއި/ޖޫންގައި ނުހެދޭތީ ދަރިވަރުން ކަންބޮޑުވެ ޕެޓިޝަނެއް ހުށަހަޅަނީ

ސީއެޗްއެސްއީގައި ދަރިވަރުންތަކެއް އެސެމްބްލީގައި -- ފޮޓޯ: ސީއެޗްއެސްއީ

SHARE

ރާއްޖޭގައި މިހާރު އޭލެވެލް އިމްތިހާނު އޮންނަ ގޮތުގެ ސަބަބުން ދަރިވަރުންނަށް އުނދަގޫތަކާ ކުރިމަތިލާން ޖެހޭތީ އެ ކަމަށް ހައްލު ހޯދައިދޭން އެދި ޕެޓިޝަނެއްގައި ސޮއިކުރަން ފަށައިފިއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

ހައިސްކޫލް ދަރިވަރުންތަކެއް އިސްނަގައިގެން މިހާރު އެ ޕެޓިޝަނުގައި ސޮއިކުރަން ފަށައިފައިވާއިރު 133 ދަރިވަރުން މިހާރު ވަނީ އެ ޕެޓީޝަނުގައި ސޮއިކޮށްފައެވެ.

ދެހާސްއަށާރައިގެ ކުރިން ރާއްޖޭގައި އޭލެވެލް އިމްތިހާނު މެއި/ޖޫންގައި ބޭއްވިއެވެ. އެހެން ނަަމަވެސް, އޭގެ ފަހުން ތައުލީމީ ދާއިރާއަށް އޭރު ގެނައި ބޮޑު ބަދަލުތަކާއެކު ހަމައެކަނި އޮކްޓޯބަރު/ ނޮވެމްބަރުގައި އޭލެވެލް އިމްތިހާނު ހަދާ ގޮތަށް ބަދަލު ކުރިއެވެ.

ދަރިވަރުން ދެކޭގޮތުގައި މިގޮތަށް އިމްތިޙާްން އޮތުމުން އޭއެސް އަދި އޭ2 ގެ ނަތީޖާ ދަށްވުމުން އަލުން އިމްތިހާނުގައި ބައިވެރިވެވެނީ އަހަރެއް ފަހުންނެވެ. މިބީދައިން އޭއެސް އަލުން ހަދަން ޖެހެނީ އޭ2ގެ އިމްތިހާނުތަކާ އެކުގައެވެ. މީގެ އިތުރުން ގަދަ ދިހައެއްގައި ބައިވެރިވުމުގެ ފުރުސަތު މިފަދަ ދަރިވަރުންނަށް ގެއްލި ސްކޮލާޝިޕް ގެއްލޭގޮތްވެއެވެ.

ރީސިޓް ނުވަތަ އަލުން އިމްތިޙާން ހަދަން ގަސްތުކުރާ ނަމަ ގެގޮތެއް އެބައޮތެވެ. އެއްގޮތަކީ 12 ގެ އޭ2 އިމްތިޙާނާއެކު ހެދުމެވެ. ޝަކުވާއަކީ ކިޔަވަން ލިބޭ ވަގުތު މަދުވުމާއި ދެ އިމްތިޙާން އެއްކޮށް ހެދުމުގެ ތަކުލީފެވެ.

https://pnc.mv/local-council-inthihaab-2026

ދެން އޮތްގޮތަކީ އަވަހަށް އިމްތިޙާން ހެދުމަށް ރާއްޖެއިން ބޭރަށް ދިއުމެވެ. މިއީ ކޮންމެ ދަރިވަރަކަށް ކުރެވޭނެ ކަމެއް ނޫކަން ގިނަ ދަރިވަރުން ޤަބޫލުކުރެވެ.

"ކޮންމެ ކޮންމެ ކުއްޖަކަށް ބައިވަރު ފައިސާތަކެއް ހަރަދުކޮށްގެން އަސްލު ވަަރަށް އުނދަގޫ ކަމަކަށް ވާނީ ލަންކާއަށް ނޫނީ އިންޑިއާއަށް ގޮސްގެން ޓެސްޓު ހަދަން. އެހެންވީމަ މި ކަމަށް ސޮލިއުޝަންއެއް ބޭނުންވަނީ,"

ފެޓިޝަންގައި ދަރިވަރުން ބަހަކީ އޭ ލެވެލް މޭ/ޖޫންގައި ވެސް ހެދޭ ގޮތަށް ފަހިވެއްޖެނަމަ ދަރިވަރުންގެ ނަތީޖާ ބޮޑުތަނުން ރަނގަޅުވެ ފާސްވާ ކުދިންގެ ނިސްބަތް އިތުރުވާނެ ކަމަަށެވެ.

/

/
ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d/