logo

ޝެއިހް އަނީލްގެ ބޮޑު ޚިދުމަތެއް ދިވެހިބަހަށް: މި ތައާރަފްކުރީ ދިވެހި ސްކްރެބަލް!

ޢާލިމް އަބްދުއްލަތީފް

ޢާލިމް އަބްދުއްލަތީފް

14 ފެބްރުއަރީ 2026 - 10:41
ހިތަދޫ އިން
ޝެއިހް އަނީލްގެ ބޮޑު ޚިދުމަތެއް ދިވެހިބަހަށް: މި ތައާރަފްކުރީ ދިވެހި ސްކްރެބަލް!

ޝެއިހް އަނިލް ދިވެހިބަހުގެ ސްކްރެބަލް މިނިސްޓަރު އާދަމް ނަސީރަށް ހަދިޔާކުރައްވަނީ -- ފޮޓޯ: ނުކުތާ

SHARE

ހިތްގައިމު ހަވީރެއްގައި އައްޑޫސިޓީގެ ތާރުއެޅި ބޮޑު މަގުގައި ދުއްވައިފައި މި ދަނީ މަރަދޫގައި ހުންނަ ބޮނޑަގެއާ ދިމާއަށެވެ. އެއީ އެ ތަނުގައި މާ ހާއްސަ ފޮތް މައުރަޒެެއް އޮތީމައެވެ. އެއީ ޅެންވެރިންގެ ދުވަހާ ގުޅިގެން ދިވެހިބަހުގެ އެކެޑަމީން ބާއްވާ ފޮތް މައުރަޒެކެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

އިނގިރޭސީންގެ ޒަމާނުގައި ވެސް ބޭނުންކުރި އެ އިމާާރާތަށް ގޮސް ވަންއިރު, މަޝްހޫރު ދީނީ އިލްމުވެރިޔާ މުހައްމަދު އަނީލް މާ ބުރަކޮށް މަސައްކަތެއްގައި އުޅޭތަން ފެނިއްޖެއެވެ. ބަހުގެ އިވެންޓަކުން ޝެއިހު ފެނުމުން ގޮސް މި ކުރާ ކަމެއް ބެލުމުގެ ޝައުގު ހިތުގައި މާ ބޮޑުވެއްޖެއެވެ.

ހިރާ ސްކޫލްގެ އެގްޒެކްޓިވް ޑިރެކްޓަރެއްގެ މަގާމުގައި މިހާރު ހުރި އަނީލް އޭރު ހުރީ ފޮށިތަކެއް ހިފައިގެންނެވެ. މަޑުކުރާކަށް ނުހަދާ ގޮސް އަހައިފީމެވެ. މާ ބުރަކޮށްލައިގެން ކޮންކަމެއްގައި ހެއްޔެވެ. އެ ހިސާބުން ޝެއިހް އަހަންނަށް ތައާރަފްކޮށް އެރުވީ, ދިވެހިބަހުން ފުރަތަމަ ފަހަރަށް އުފެއްދި ސްކްރެބަލްއެވެ.

ސްކްރެބަލްއަކީ ދިވެހީންގެ ތެރޭގައި ވެސް މިހާރު އާ ކުޅިވަރެއް ނޫނެވެ. ކުޑަކުދިންގެ ތެރޭގައި ވެސް އެންމެ އާއްމު އެއް ބޯޑު ގޭމަކީ ސްކްރެބަލްއެވެ. އެކަމަކު, މި ހުރިހާ ދުވަހު ވެސް އަހަރެމެންނަށް ކުޅެން މި ލިބުނީ މުޅީން ވެސް އިނގިރޭސިބަހުގެ ސްކްރެބަލްއެވެ. އެއީ އަމިއްލަ ބަހުގެ މި ފަދަ ކުޅިވަރެއް ނެތީމައެވެ.

އަނިލް ކިޔައިދެެއްވީ މީގެ ތިން އަހަރުވަރު ކުރިން އޭނާ މާލޭގައި ދިރިއުޅުއްވިއިރު ދިޔަ ސައުދީ އަރަބިއްޔާގެ އެމްބަސީން ބޭއްވި އިވެންޓެއްގެ ވާހަކައެވެ. އެ ތަނަށް އޭނާ ގޮސް އުޅުމުގެ ތެރޭގައި ފެނުނު މަންޒަރެއްގެ ވާހަކައެވެ. އެއީ އެ ތަނުގެ ސްޓޯލެއްގައި ބަހައްޓައިފައި ހުރި އަރަބި ބަހުގެ ސްކްރެބަލް ބޯޑެކެވެ.

https://pnc.mv/local-council-inthihaab-2026

"އެ ފެނުނީމަ އަޅުގަނޑު ހަމަ ހިތަށް އެރީ މި ކަހަލަ އެއްޗެސް އަޅުގަނޑުމެންގެ ބަހުން ވެސް އުފެއްދޭނޭ. އޭގައި ވެސް ނެތް ފިއްޔެއް. އެހެންވީމަ އަޅުގަނޑުމެންނަށް ވެސް ފިލި ނުލައި ހެދިދާނެއެއްނު," އަނީލް ވިދާޅުވިއެވެ.

އެ ހިޔާލު ހިތުގައި މާ ގިނަ ދުވަހު ބާއްވާކަށް އަނީލް ބޭނުމެއް ނުވިއެވެ. އޭރު އޭނާ މަސައްކަތްކުރި އިސްލާމިކް މިނިސްޓްރީ ކައިރީގައި ހުންނަ އަސްރަފީ ބުކްޝޮޕަށް ވަދެ, އިނގިރޭސިބަހުގެ ސްކްރެބަލް ބޯޑެއް ގަތީއެވެ. އަދި އެ ބޯޑުގައި ހުރި އިނގިރޭސި އަކުރުތައް ކަހައިލުމަށްފަހު ދިވެހި އަކުރުތައް އޭގެ މަތީގައި ތަތްކޮށް, ސްކްރެބަލް ބޯޑުގެ މަަސައްކަތް މާ ގިނަ ދުވަހެއް ނުވެ ނިންމައިލިއެވެ.

undefinedޝެއިހް އަނީލް މިނިސްޓަރު އާދަމް ނަސީރަށް ބަސްވާރު ދައްކަވައިލައްވަނީ -- ފޮޓޯ: ނުކުތާ

/

އެއަށްފަހު އެ މަސައްކަތް އާއްމުންގެ ތެރެއަށް ނުނެރެވި ދުވަސްތަކެއްވެފައި އޮތީއެވެ. އަނެއްކާ ވެސް, މި ކުޅިވަރު އާއްމުންގެ ތެރެއަަށް ނެރުމުގެ ހިޔާލު އުފެދުނީ ހިރާ ސްކޫލްގައި މަސައްކަތްކުރަން ފެށުމުންނެވެ. ދަރިވަރުންގެ މެދުގައި ދިވެހިބަހަށް ޝައުގުވެރިކަން އުފެއްދުމަށް މި ފަދަ ކުޅިވަރެއްގެ މުހިންމުކަން ވިސްނުމުންނެވެ.

"ބަސް ތަންކޮޅެއް ބޮޑަށް ކުދިންނަށް ގަޔާވާ އެއްޗަކަށް ހެދުމަށް ޓަކައި ކުރާ މަސައްކަތުގެ ތެރެއިން ވުޖޫދުވި އެއްޗެއް މިއީ," އަނީލް ވިދާޅުވިއެވެ.

މި މަސައްކަތުގައި އަނިލްއާއެކު ހިރާ ސްކޫލްގެ ދަރިވަރުން ވެސް ބައިވެރިވިއެވެ. މި ކުޅިވަރަށް މިހާރު ނަންދެވިފައި ވެސް މި ވަނީ ދިވެހިބަހުންނެވެ. އެއީ "ބަސްވާރު" މި ލަފްޒު ބޭނުންކޮށްގެންނެވެ. އޭގެ މާނައަކީ ބަހަށް ކުޅަދާނަ މީހާއެވެ.

ހަމައެކަނި ސްކްރެބަލް ބޯޑެއް ހަދައިފައި އަނީލް ދޫކޮށްލީއެއް ނޫނެވެ. މި ކުޅިވަރު ކުޅޭނެ ގޮތުގެ ރަސްމީ ގަވާއިދެއް ވެސް އޭނާ ވަނީ ހަދައިފައެވެ. މި ކުޅިވަރުގައި ދެ މަރުހަލާއެއް އެބަ އޮވެއެވެ. ފުރަތަމަ މަރުހަލާގައި ކުޅޭނީ ފިއްޔަށް ނުބަލައެވެ. ދެވަނަ މަރުހަލާގައި ބަސް އެތުރޭއިރު ފިލި ވެސް އެއްގޮތް ވާން ޖެހޭނެއެވެ.

undefinedއިއްޔެ ތައާރަފްކުރި ދިވެހިބަހުގެ ސްކްރެބަލް ބޯޑެއް --

އަނީލްގެ އިސްނެގުމާއެކު ހިރާ ސްކޫލުން މި ކުރި މި މަސައްކަތަށް ދިވެހިބަހުގެ ގިނަ މާހިރުން ވަނީ ތައުރީފްކުރައްވައިފައެވެ. އިއްޔެ ދިވެހިބަހުގެ މޮޅެތި އަދީބުންނާއި ޅެންވެރިން މި ކުޅިވަރު ވަނީ ތަޖުރިބާ ކުރައްވައިފައެވެ. އަދި ވަރަށް ފޯރީގައި އެ ބޭފުޅުން ބަސްވާރު ކުޅުއްވިތަން ފެނުނެވެ.

ބަސްވާރުގެ ބޯޑުތައް މިހާރު އަސްރަފީ ބުކްޝޮޕުން ގަންނަން ލިބޭނެއެވެ.އަދި ދިވެހިޓީޗަރުންނާއި ދިވެހިބަހުގެ ޚިދުމަތްތެރިން ބޭނުންވާ ހާލަތުގައި ހޯލްސޭލް އަގުގައި މި ގޭމު ދިނުމަށް ނިންމައިފައިވާކަމަށް ވެސް އަނިލް ވިދާޅުވިއެވެ.

ދިވެހިބަސް ކުރިއެރުވުމަށް ޓަކައި މި ފަދަ މަސައްކަތްތައްކުރުން ވަރަށް މުހިންމެވެ. ޝެއިހް އަނީލް ދިވެހިބަހަށް މި ދެއްވި ހަދިޔާގެ ސަބަބުން ބަހަށް ކުދިންގެ މެދުގައި ލޯބި އުފެދޭނެކަން ގައިމެވެ.

/
ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d/