logo

ފެނަކަ ސައީދު ގޭބަންދަށް ބަދަލުކޮށްފި

އަޙްމަދު ސަދޫފް މޫސާ

އަޙްމަދު ސަދޫފް މޫސާ

16 ފެބްރުއަރީ 2026 - 09:05
ފެނަކަ ސައީދު ގޭބަންދަށް ބަދަލުކޮށްފި

ފެނަކައިގެ ކުރީގެ އެމްޑީ އަހްމަދު ސައީދު --

SHARE

ކޮރަޕްޝަންގެ މައްސަލަތަކެއް ސާބިތުވެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައީދު އަހުމަދު ވަގުތީ ގޮތުން ގޭބަންދަށް ބަދަލުކޮށްފިއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން މައުލޫމާތު ދޭ ގޮތުގައި، ސައީދު ގޭބަންދަށް ބަދަލުކޮށްފައިވަނީ އިއްޔެގެ ވަގުތެއްގައެވެ. އޭނާ ގޭބަންދަށް ބަދަލުކުރަން ނިންމީ ސިއްޙީ ހާލަތު ހުރި ގޮތުން ކަމަށް ކަރެކްޝަންސްއިން ބުނެފައިވެއެވެ.

ސައީދުގެ މައްޗަށް ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި، ހަތަރު އަހަރުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވާފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 28 ވަނަ ދުވަހުއެވެ.

މި މައްސަލައަކީ ބްލޭޒަން އިންކް ކިޔާ ކުންފުންޏަކާއެކު ފެނަކައިން ހެދި އެއްބަސްވުމަކާ ގުޅިގެން އުފުލި ދައުވާއެކެވެ.

ދައުވާގައިވާ ގޮތުން، އެ ކުންފުންޏާ ހަވާލުކުރި މަސައްކަތް އެއްކޮށް ނުނިންމަނީސް އަދި މަސައްކަތް ފުރިހަމަކުރިކަން ކަށަވަރުނުކޮށް، އެ މަސައްކަތަށް ދޭންޖެހޭ ފައިސާ ފެނަކައިން ވަނީ ބްލޭޒަން އިންކަށް ދޫކޮށްފައެވެ.

https://pnc.mv/local-council-inthihaab-2026

މި އަމަލުގެ ސަބަބުން ފެނަކަ ކޯޕަރޭޝަނަށް 848,000 (އަށް ލައްކަ ސާޅީސް އަށް ހާސް) ރުފިޔާގެ ގެއްލުން ލިބިފައިވާ ކަމަށް ޝަރީއަތަށް ވަނީ ސާބިތުވެފައެވެ.

މަސައްކަތް ނުނިމެނީސް ފައިސާ ދޫކުރުމަކީ އެ ކުންފުންޏަށް ނާޖާއިޒު މަންފާ ހޯދައިދިނުމަށް ހިންގާފައިވާ އަމަލެއް ކަމަށް ބަލައި، މި މައްސަލައިގެ ދައުވާ ކޯޓަށް ހުށަހަޅާފައިވަނީ 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހުއެވެ.

/
ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d/