logo

ރައީސް މައުމޫން އަވަހާރަވީކަމަށް ބުނާ ވާހަކައަކީ ދޮގެއް: އަަވަހާރަވީ އެމަނިކުފާނުގެ ކޮއްކޯފުޅު މަމްނޫން!

އަޙްމަދު ސަދޫފް މޫސާ

އަޙްމަދު ސަދޫފް މޫސާ

18 ފެބްރުއަރީ 2026 - 20:09
ރައީސް މައުމޫން އަވަހާރަވީކަމަށް ބުނާ ވާހަކައަކީ ދޮގެއް: އަަވަހާރަވީ އެމަނިކުފާނުގެ ކޮއްކޯފުޅު މަމްނޫން!

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް --

SHARE

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އަވަހާރަވެއްޖެކަމަށް ބުނެ ސޯޝަލްމީޑިއާގައި ފެތުރުނު ޚަބަރަކީ ދޮގު ޚަބަރެއްކަން ކަށަވަރުވެއްޖެއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

ސޯޝަލް މީޑިއާގެ ބައެެއް ޕްލެޓްފޯމްތަކުގައި ރައީސް މައުމޫން އަވަހާރަވެއްޖެކަމަށް ބުނެ މިރޭ ވަނީ ބައެއް ޚަބަރުތައް ފެތުރިފައެވެ. އެހެން ނަމަވެސް, މިހާރު އެ ވާހަކަތައް ވަނީ ޑިލީޓްކޮށްލައިފައެވެ.

ރައީސް މައުމޫންގެ އާއިލީ ބޭފުޅަކު "ނުކުތާ"އަށް ވިދާޅުވީ އެ ވާހަކައަކީ ދޮގު ވާހަކައެއް ކަމަށާއި މިރޭ އަވަހާރަވީ ރައީސް މައުމޫންގެ އެއްބަފާ ކޮއްކޯފުޅު އަބްދުالله މަމްނޫން އަބްދުލްގައްޔޫމް ކަމަށެވެ.

މައުލޫމާތު ލިބޭ ގޮތުގައި މަމްނޫން އަވަހާރަވީ މިރޭ އިޝާނަމާދަށްފަހު ކުއްލި ގޮތަކަށެވެ. އަވަހާރަވީއިރު އުމުރުފުޅުން 68 އަހަރެވެ.

ރައީސް ޔާމީންގެ ވެސް އެއްބަނޑު އެއްބަފާ ބޭބޭފުޅު މަމްނޫނަކީ އާއްމުންގެ ތެރޭގައި އުޅުއްވި ބޭފުޅެއް ނޫނެވެ. އަދި ސަރުކާރުގެ މަސައްކަތްތަކާއި ސިޔާސީ މަސައްކަތްތަކުގައި ވެސް މަސައްކަތްކުރެއްވި ބޭފުޅެއް ނޫނެވެ.

/

/
ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d/