logo

އީރާނުގެ ހަމަލާތަކާ ގުޅިގެން ގަތަރުން ފްލައިޓްތައް މެދުކަނޑާލައިފި

އަޙްމަދު ސަދޫފް މޫސާ

އަޙްމަދު ސަދޫފް މޫސާ

28 ފެބްރުއަރީ 2026 - 10:02
އީރާނުގެ ހަމަލާތަކާ ގުޅިގެން ގަތަރުން ފްލައިޓްތައް މެދުކަނޑާލައިފި

SHARE

މެދުއިރުމަތީގެ މަސްރަހު ގޯސްވެ، ނުތަނަވަސްކަން އިތުރުވުމާ ގުޅިގެން ގަތަރުން ކުރާ ހުރިހާ ފްލައިޓްތަކެއް ހުއްޓާލައި އެ ގައުމުގެ އެއާޕޯޓްތައް ބަންދުކޮށްފިއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

މި ނިންމުން ނިންމާފައިވަނީ އިޒްރޭލާއި އެމެރިކާއިން އީރާނަށް ދިން ހަމަލާތަކަކާ ގުޅިގެން، އެމެރިކާގެ ބޭސްތައް ހުންނަ އަރަބި ގައުމުތަކަށް އީރާނުން ރައްދުގައި މިސައިލް ހަމަލާތަކެއް ފޮނުވާލުމާ ގުޅިގެންނެވެ.

މި ހަމަލާތަކުގެ ސަބަބުން ސަރަހައްދުގެ ވައިގެ ސަރަހައްދަކީ ދަތުރުފަތުރު ކުރުމަށް ރައްކާތެރި ތަނެއް ނޫން ކަމަށް ވަނީ ކަނޑައަޅާފައެވެ.

ގަތަރު އެއާވޭޒްގެ އިތުރުން އެހެނިހެން އެއާލައިންތަކުން ވެސް ވަނީ ވަކި ގޮތެއް އަންގަންދެން ފްލައިޓްތައް މެދުކަނޑާލާފައިވާކަން އިއުލާންކޮށްފައެވެ.

މި ދަނޑިވަޅުގައި ދަތުރުވެރިން އެއާލައިންތަކާ ގުޅައިގެން ފްލައިޓްތައް ރީޝެޑިއުލް ކުރުމަށް ނުވަތަ ރިފަންޑް ހޯދުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް ވަނީ އިރުޝާދު ދީފައެވެ.

https://pnc.mv/local-council-inthihaab-2026

މެދުއިރުމަތީގެ މަސްރަހު އަދިވެސް އަންނަނީ ބަދަލުވަމުން ކަމަށްވާތީ، ގިނަ ގައުމުތަކަކުން އަންނަނީ ދަތުރުވެރިން ސަމާލުވުމަށް އިންޒާރު ދެމުންނެވެ.

/
ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d/