
ކުވެއިތުން އެމެރިކާގެ ތިން ޖެޓެއް "އޮޅުމަކުން" ވައްޓާލައިފި

އަޙްމަދު ސަދޫފް މޫސާ

SHARE
ކުވައިތުގެ އެއާ ޑިފެންސުން އޮޅުމަކުން ދިން ހަމަލާތަކެއްގައި، އެމެރިކާގެ އެފް-15އީ ސްޓްރައިކް އީގަލް މަރުކާގެ ތިން ޖެޓު ވައްޓައިލައިފައިވާ ކަމަށް އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން ބުނެފިއެވެ.

ސެންޓްކޮމް އިން ބުނި ގޮތުގައި، މިއަދު މި ހާދިސާ ހިނގިއިރު އެ ޖެޓުތަކުގައި ހަ ފަޅުވެރިން ތިބި ކަމަށާއި، އެ ހަމަލާއާއެކު އެ ހަ ފަޅުވެރިން ވެސް ސަލާމަތުން ބޯޓުން ފުންމައިލައިފާ ކަމަށެވެ.
އަދި އެ އެންމެން މިހާރު ފެނިފައިވާ ކަމަށާއި، އެމީހުންގެ ހާލު ރަނގަޅު ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.
ކުވެއިތު ސަރުކާރުން މިހާރު ވަނީ މި ހާދިސާ ހިނގާފައިވާކަން ފާހަގަކޮށް، އެކަމަކީ އޮޅިގެން ހިނގި ކަމެއް ކަމުގައި ބުނެފައެވެ. އެއާއެކު އެމެރިކާއިން ވަނީ ކުވެއިތުގެ ދިފާއީ ބާރުތަކުން ކުރި މަސައްކަތަށާއި މިހާރު ކުރިއަށްދާ އޮޕަރޭޝަނުގައި އެ ގައުމުން ދޭ އެއްބާރުލުމަށް ކުވެއިތަށް ޝުކުރުއަދާކޮށްފައެވެ.
އެހެން ނަމަވެސް މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު މިހާރު ތަހުގީގު ކުރަމުްނދާ ކަމަށް އެމެރިކާއިން ވަނީ ބުނެފައެވެ.





