logo

ސްކޭމުގެ 14 މައްސަލައިގެ ތުހުމަތުކުރެވޭ ނާދިރާ ހައްޔަރުކޮށްފި

އަޙްމަދު ސަދޫފް މޫސާ

އަޙްމަދު ސަދޫފް މޫސާ

5 މާރިޗު 2026 - 09:05
ސްކޭމުގެ 14 މައްސަލައިގެ ތުހުމަތުކުރެވޭ ނާދިރާ ހައްޔަރުކޮށްފި

SHARE

ސްކޭމްގެ ގިނަ މައްސަލަތަކެއްގެ ތަހުގީގަށް ފުލުހުން ހޯދަން އިއުލާނުކުރި ތ. ހިރިލަންދޫ، ނާގަލި، ޢާއިޝަތު ނާޛިރާ (41އ) ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް، އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް އިއްޔެ ހާޒިރުކޮށްފިއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

ކޯޓުން ވަނީ އޭނާގެ ބަންދަށް މި މަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް މުއްދަތު ޖަހާފައެވެ.

ފުލުހުން ކޯޓުގައި ހާމަކުރި ގޮތުގައި، ޢާއިޝަތު ނާޛިރާގެ މައްޗަށް މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ 14 މައްސަލައެއް ވަނީ ހުށަހެޅިފައެވެ. މި މައްސަލަތަކުގައި މަކަރާއި ހީލަތުން ހޯދާފައިވާ ފައިސާ އޭނާގެ ބޭންކް އެކައުންޓަށް ޖަމާކޮށްފައިވާ ކަމަށް ފުލުހުން ތުހުމަތުކުރެއެވެ.

ކްރިމިނަލް ކޯޓުގެ އަމުރުގައި ބުނެފައިވަނީ، އޭނާގެ މައްޗަށް ތުހުމަތުކުރެވޭ ކުށް ކުރިކަމަށް ބެލެވޭ މިންވަރަށް ހެކި ލިބިފައިވާ ކަމަށެވެ. މީގެ ތެރޭގައި މައްސަލަ ހުށަހެޅިކަމުގެ އިންސިޑެންޓް ރިޕޯޓާއި، ފުލުހުން ބޭންކަށް ފޮނުވި މެއިލްތަކާއި އޭގެ ޖަވާބުތަކުގެ އިތުރުން މައްސަލައާ ގުޅުންހުރި ފޮޓޯ ރިޕޯޓްތައް ހިމެނޭ ކަމަށް ކޯޓުން ފާހަގަކޮށްފައިވެއެވެ.

ކޯޓު މަރުހަލާގައި ޢާއިޝަތު ނާޛިރާ ވަނީ ވަކީލަކު އައްޔަންކުރުމުގެ ފުރުސަތަކަށް އެދިފައެވެ. ކޯޓުން އެ ފުރުސަތު ދީފައިވާއިރު، އޭނާ ބުނެފައިވަނީ އޭނާއަކީ ބަލި މީހެއް ކަމަށާއި، ނަމަވެސް ތަހުގީގަށް ފުލުހުންނަށް ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށެވެ.

https://pnc.mv/local-council-inthihaab-2026
/
ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d/