
ފުލުހުންގެ ކުރީގެ ޑެޕިއުޓީ ކޮމިޝަނަރު އަބްދުއްޝަކޫރު އަވަހާރަވެއްޖެ

އަޙްމަދު ސަދޫފް މޫސާ

SHARE
ކުރީގެ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުއްޝަކޫރު ޢަބްދުالله މިއަދުގެ ވަގުތެއްގައި އަވަހާރަވެއްޖެއެވެ.

ޢަބްދުއްޝަކޫރު އަވަހާރަވީ އިންޑިއާގެ ބެންގަލޫރުގައި ކެންސަރު ބައްޔަށް ފަރުވާ ހޯދަމުން ދަނިކޮށް މިއަދު ހެނދުނުގެ ވަގުތެއްގައެވެ. އަވަހާރަވީއިރު އުމުރުފުޅަކީ 75 އަހަރެވެ.
ޢަބްދުއްޝަކޫރު އަވަހާރަވިކަން ހާމަކުރެއްވީ އޭނާގެ ދަރިކަލުން އަދި ފުލުހުންގެ އިސް އޮފިސަރަކަށް ކުރިން ހުންނެވި އަހުމަދު ޝުހާދު މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ. ޝުހާދު ވަނީ އޭނާގެ ބައްޕައަށް ހެޔޮ ދުއާ ކޮށްދިނުމަށް އެންމެހާ ފަރާތްތަކުގެ ކިބައިން އެދިވަޑައިގެންފައެވެ.
ޢަބްދުއްޝަކޫރު ޢަބްދުالله އަކީ ދިވެހި ފުލުހުންގެ ޚިދުމަތުގައި 43 އަހަރު ވަންދެން އިޚްލާޞްތެރި ޚިދުމަތްތަކެއް ކޮށްދެއްވާފައެވެ. އޭނާ ވަނީ ފުލުހުންގެ މުއައްސަސާގެ އެކި ދަރަޖަތަކުގައި މަސައްކަތް ކުރައްވައި، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމު ފުރުއްވާފައެވެ.
ފުލުހުންގެ ޚިދުމަތުގެ އިތުރުން، ޢަބްދުއްޝަކޫރު ވަނީ ރާއްޖޭގައި އެންމެ ފުރަތަމަ އުފެއްދި ޑްރަގް ރިހިބިލިޓޭޝަން ސެންޓަރުގެ އިސްވެރިޔެއްގެ ގޮތުގައިވެސް މުހިންމު މަސައްކަތްތަކެއް ކުރައްވާފައެވެ.





