logo

އަބްދުލް ޝަކޫރަކީ މުޅި ޙަޔާތުގައި ވެސް ޤައުމު އިސްކުރެއްވި އިޚުލާޞްތެރިއެއް: ރައީސް

އަޙްމަދު ސަދޫފް މޫސާ

އަޙްމަދު ސަދޫފް މޫސާ

24 މާރިޗު 2026 - 08:17
އަބްދުލް ޝަކޫރަކީ މުޅި ޙަޔާތުގައި ވެސް ޤައުމު އިސްކުރެއްވި އިޚުލާޞްތެރިއެއް: ރައީސް

SHARE

ފުލުހުންގެ ކުރީގެ ޑެޕިއުޓީ ކޮމިޝަނަރު، ޢަބްދުއްޝަކޫރު ޢަބްދުﷲ އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރާއި ދިވެހި ފުލުހުންގެ ޚިދުމަތުގައި 43 އަހަރަށް ވުރެ ދިގު މުއްދަތެއްގައި މަސައްކަތްކުރައްވައި، އެ ދެ މުއައްސަސާގެ އިސް މަޤާމުތަކެއް ފުރުއްވާފައިވާ، މަރުޙޫމް ޢަބްދުއްޝަކޫރު އަވަހާރަވުމާ ގުޅިގެން އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި، ރައީސް ވަނީ، އެ ޚަބަރު އަޑުއެއްސެވީ ފުން ހިތާމައާ އެކުގައިކަމަށް ވިދާޅުވެފައެވެ.

ރައީސްގެ މެސެޖުގައި މަރުޙޫމް ޢަބްދުއްޝަކޫރަކީ މުޅި ޙަޔާތްޕުޅުގައިވެސް ޤައުމު އިސްކުރެއްވި އިޚުލާޞްތެރިއެއްގެ ގޮތުގައި ވަނީ ސިފަކުރައްވާފައެވެ.

އަދި ތަޢުޒިޔާގެ އެ މެސެޖުގައި މަރުޙޫމް ޢަބްދުއްޝަކޫރު ޢަބްދުﷲ، މާތްﷲގެ ތަނަވަސް ރަޙްމަތުގައި، ސުވަރުގޭގެ ދާއިމީ ނިޢުމަތުގައި ލެހެއްޓެވުން އެދިވަޑައިގެން ދުޢާ ދަންނަވައިފައިވެއެވެ.

ޢަބްދުއްޝަކޫރު ޢަބްދުﷲ އަކީ، 1988 ނޮވެންބަރު 3 ގެ ޢުދުވާނީ ޙަމަލާއިން ރާއްޖެ ދިފާޢުކުރެއްވުމަށް ހިތްވަރާއެކު ޖިހާދުކުރެއްވި ދިވެހި ސިފައިންގެ ލަޝްކަރުގައި ހިމެނިވަޑައިގަތް ބޭފުޅެކެވެ.

https://pnc.mv/local-council-inthihaab-2026

މީގެ އިތުރުން، ރާއްޖޭގެ ޖަލުތަކުގެ ޙާލަތާއި އިންތިޒާމުތައް ރަނގަޅު ކުރެއްވުމާއި، މަސްތުވާތަކެތީގެ ވަބާއިން ޤައުމު ސަލާމަތްކުރެއްވުމުގެ މަސައްކަތުގައިވެސް އެމަނިކުފާނު ވަނީ އިސް ދައުރެއް އަދާކުރައްވާފައެވެ.

އަބްދުއްޝަކޫރު އަވަހާރަވީ އިންޑިއާގެ ބެންގަލޫރުގައި ކެންސަރު ބައްޔަށް ފަރުވާ ހޯދަމުން ދަނިކޮށް މިއަދު ހެނދުނުގެ ވަގުތެއްގައެވެ. އަވަހާރަވީއިރު އުމުރުފުޅަކީ 75 އަހަރެވެ.

/
ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d/