logo

ބަންގްލަދޭޝްގެ މިނިވަން ދުވަހުގެ ތަހުނިޔާ ރައީސް ފޮނުއްވައިފި

އަޙްމަދު ޝާބިން

އަޙްމަދު ޝާބިން

26 މާރިޗު 2026 - 08:58
ބަންގްލަދޭޝްގެ މިނިވަން ދުވަހުގެ ތަހުނިޔާ ރައީސް ފޮނުއްވައިފި

SHARE

ބަންގްލަދޭޝްގެ 55 ވަނަ މިނިވަންދުވަހުގެ މުނާސަބަތުގައި އެ ގައުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ތަހުނިޔާ ވިދާޅުވެއްޖެއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

މިގޮތުން އެ ގައުމުގެ ރައީސް މުޙައްމަދު ޝަހާބުއްދީނަށާއި، ބޮޑުވަޒީރު ޠާރިޤް ރަޙްމާނަށާ، އެ ޤައުމުގެ ސަރުކާރާއި ރައްޔިތުންނަށް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ދިވެހި ސަރުކާރާ ރައްޔިތުންގެ ނަމުގައި ވަނީ ތަހުނިޔާ ވިދާޅުވެފައެވެ.

ދެ ބޭފުޅުންނަށް ވަކިވަކިން ފޮނުއްވި ސިޓީގައި ރައީސް ވަނީ މި އަހަރަކީ، ބަންގްލަދޭޝްއާއި ދިވެހިރާއްޖެޔާ ދެމެދުގައި ސިޔާސީގުޅުން ގާއިމު ކުރެވުނުތާ 48 އަހަރު ފުރޭ އަހަރުކަމުގައި ފާހަގަ ކުރައްވާފައެވެ.

ދެގައުމުގެ ދެމެދުގައި އުފެދިފައިވާ މިގާތް ގުޅުން ބިނާވެފައިވަނީ، ދެގައުމުން ކުރާ އިތުބާރާއި އިހްތިރާމްގެ މައްޗައްކަމަށާއި މިގުޅުން ދުވަހެއް ދުވަހަކަށް ހަރުދަނާވެ ފުޅާވެގެން ދާނެކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސްގެ ސިޓީފުޅުގައި ދިވެހިރާއްޖެޔާ، ބަންގްލަދޭޝްއާ ދެމެދުގައި އުފެދިފައިވާ ހަރުދަނާ ބަދަހި ގުޅުން ބިނާވެގެންވަނީ، ދެޤައުމުން އަހައްމިއްޔަތުކަންދޭ ކަންކަމާ، އަދި މިސަރަޙައްދުގެ ސުލްޙަ މަސަލަސްކަމާ އަމާންކަމުގެމައްޗަށް ކަމުގައި ފާހަގަކުރައްވާފައިވެއެވެ.

https://pnc.mv/local-council-inthihaab-2026

މީއާއެކު، ރާއްޖޭގެ ތަރައްގީއަށްޓަކައި ވިޔަފާރިއާ، ސިއްހަތާ، މީހުން ބިނާކުރުމާ، ތައުލީމާ، އަދި ޓެކްނޮލޮޖީގެ ދާއިރާއިން ބަންގްލަދޭޝްއިން ދެއްވަމުން ގެންދަވާ އެހީތެރިކަމުގެ ސަބަބުން، ރާއްޖެއަށް ލިބެމުންދާ ތަރައްޤީއާއި ކުރިއެރުން އެމަނިކުފާނު ފާހަގަކުރައްވާފައިވެއެވެ.

/
ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d/