logo

ޓީބީ ބަލިން ސަލާމަތްވެފައިވާ މުސްތަގުބަލެއް ބިނާކުރުމުގެ މަސައްކަތް ކުރާނަން: ރައީސް

އަޙްމަދު ޝާބިން

އަޙްމަދު ޝާބިން

24 މާރިޗު 2026 - 10:32
ޓީބީ ބަލިން ސަލާމަތްވެފައިވާ މުސްތަގުބަލެއް ބިނާކުރުމުގެ މަސައްކަތް ކުރާނަން: ރައީސް

SHARE

ޓީބީ ބަލިން ސަލާމަތްވެފައިވާ މުސްތަގުބަލެއް ބިނާކުރުމުގެ މަސައްކަތް ކުރާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

މިހެން ރައީސް ވިދާޅުވެފައިވަނީ ދުނިޔޭގެ ޓީބީ ދުވަހުގެ ގޮތުގައި ފާހަގަކުރާ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި މެސެޖުގައެވެ.

ބަލި ފެތުރުން ހުއްޓުވުމާއި ފަރުވާ ދިނުމުގައި ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވި ނަމަވެސް، ދުނިޔޭގެ ފެންވަރުގައްޔާއި ސަރަހައްދީ އަދި ގައުމީ ފެންވަރުގައި މިބައްޔަކީ އަދިވެސް އާންމު ޞިއްޙަތަށް އޮތް ބޮޑު ގޮންޖެހުމެއްކަން ރައީސް ފާހަގަކުރެއްވިއެވެ.

މިހާރު ރާއްޖެ ވަނީ ޓީބީ ބަލި މަދު ގައުމު ތަކުގެ ލިސްޓުގައެވެ. މިހެންވެ މިކަން މިގޮތުގައި ދެމެހެއްޓުމަށް ރާއްޖެއަކީ ޓީ.ބީ ބަލި މަދު ގައުމެއްގެ ގޮތުގައި ކަށަވަރުކުރުމަށް ރައީސް ގެންގުޅުއްވާ އަޒުމް އެމަނިކުފާނު ވަނީ އައުކުރައްވާފައެވެ.

އަދި ޓީ.ބީ ބަލި ނެތް މުސްތަގުބަލަކާ ގާތަށް ދިއުމަށްޓަކައި، ސިއްހީ ހިދުމަތްތެރިންނާއެކު ރައްޔިތުން ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަންވެސް ރައީސް ފާހަގަކުރެއްވިއެވެ.

https://pnc.mv/local-council-inthihaab-2026

ދުނިޔޭގެ ޓީބީ ދުވަސް ކޮންމެ އަހަރަކުވެސް މާރިޗު މަހުގެ 24 ވަނަ ދުވަހު ފާހަގަކުރެއެވެ. މިއަހަރުގެ ޝިއާރަކީ "ޔެސް! ވީ ކޭން އެންޑް ޓީ.ބީ: ލެޑް ބައި ކަންޓްރީޒް، ޕަވަރޑް ބައި ޕީޕަލް" އެވެ.

ޓީބީ ބައްޔާއި ބެހޭ ބައެއް މައުލޫމާތު

ޓީބީ ބައްޔަކީ ފުއްޕާމެއަށް ޖެހޭ ނުރައްކާތެރި ބައްޔެކެވެ. މިބަލި ޖެހެނީ "ޓިއުބަކިޔުލޯސިސް" ނަމަކަށް ކިޔާ ޖަރާސީމަކުންނެވެ. މިއީ ވައިގެ ޒަރިއްޔާއިން ގައިންގަޔަށް އަރާ ބައްޔެކެވެ.

މިބަލި ޖެހުމުން ރޯގާ ޖެހޭފަދައިން ހުންއައިސް ކެއްސާ ވަރުބަލި ވެއެވެ. މީގެ އިތުރުން މޭގަ ރިއްސާ، ރޭނގަޑު ދާހިއްލުމުގެ އިތުރުން ބަރުދަން ލުއިވެއެވެ.

/

މިބަލި ޖައްސާ ޖަރާސީމަކީ ފުއްޕާމެއިން ބޭރުން އެހެން ގުނަވަން ތަކަށްވެސް އޭގެ އަސަރު ފޯރުވާ އެއްޗެވެ. ބައެއް މީހުންގެ ހުޅުތަކާއި، މޫތު ނުވަތަ ކިޑްނީ އަށްވެސް އަސަރު ފޯރުވައެވެ.

ޓީބީ ޖެހުމުގެ އެންމެ ނުރައްކާ ބޮޑީ ދިފާއީ ނިޒާމު ދަށް މީހުންނާއި ބަލި ޖެހިފައިވާ މީހުންނާއެކު އުޅޭ މީހުން، އަދި ތޮއްޖެހިފައިވާ މާހައުލުތަކުގައި އުޅޭ މީހުންނެވެ.

މިބައްޔަ ފަރުވާކުރުމަށް ވަކި ބާވަތްތަކެއްގެ އެންޓިބަޔޯޓިސްތަކެއް ބޭނުންކުރެއެވެ. އަދި ދިފާއީ ނިޒާމު ރައްކާތެރިކޮށް ވަރުގަދަ ކުރުމަށް ދިރިއުޅުމުގެ އާދަތައް ބަދަލުކޮށް ރަނގަޅުކުރުމަކީ ބަލިން ރައްކާތެރިވުމަށާއި ބަލިން ފަސޭހަކުރުމަށް ވަރަށް މުހިއްމު ކަމެކެވެ. ކެއުމާއި ކަސްރަތުކުމާއެކު ދުންފަތުގެ އިސްތިއުމާލުން ދުރުވުން މީގެ ތެރޭގައި ހިމެނެއެވެ.

/
ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d/