logo

ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓުގެ ނަތީޖާ އިއުލާނުކުރާނީ އެންމެ ފަހުން: އީސީ

އަޙްމަދު ސަދޫފް މޫސާ

އަޙްމަދު ސަދޫފް މޫސާ

3 އޭޕްރީލު 2026 - 19:56
ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓުގެ ނަތީޖާ އިއުލާނުކުރާނީ އެންމެ ފަހުން: އީސީ

SHARE

މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބުތަކުގެ ތެރެއިން، ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓު ނުވަތަ އާންމުންގެ ހިޔާލު ހޯދުމުގެ ވޯޓުގެ ނަތީޖާ އިއުލާނުކުރާނީ އެންމެ ފަހުން ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

މާދަމާގެ ވޯޓުލުން ކުރިއަށްދާނީ ހެނދުނު 8:00 އިން ފެށިގެން ހަވީރު 4:00 އަށެވެ. އަދި ވޯޓު ގުނަން ފެށުމަށް ހަމަޖެހިފައިވަނީ ހަވީރު 4:30 ގައެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސް މުހައްމަދު ޒާހިދު ވިދާޅުވީ، ތިން ވޯޓުގެ ނަތީޖާ ގުނާނީ ވަކިވަކިން ކަމަށެވެ. އެންމެ ފުރަތަމަ އިއުލާނު ކުރާނީ ކައުންސިލު އިންތިޚާބުގެ ނަތީޖާއެވެ. އޭގެ ފަހުން އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިހާބުގެ ނަތީޖާ އިއުލާނުކުރުމަށްފަހު، އެންމެ ފަހު ކަމެއްގެ ގޮތުގައި އާންމުންގެ ހިޔާލު ހޯދުމުގެ ވޯޓުގެ ނަތީޖާ އިއުލާނު ކުރާނެ ކަމަށް ޒާހިދު ވިދާޅުވިއެވެ.

ވޯޓުލާ މީހުންނަށް ފަސޭހަކުރުމުގެ ގޮތުން ވޯޓު ފޮށިތައް ވަނީ ކުލަ ލޭބަލްތަކުން ވަކިކުރެވޭނެ ގޮތް ހަދާފައެވެ. އެގޮތުން، އާންމުންގެ ހިޔާލު ހޯދުމުގެ ވޯޓު ފޮށީގައި ހުދު ކުލައިގެ ލޭބަލެއް، ކައުންސިލް އިންތިހާބުގެ ވޯޓު ފޮށީގައި ނޫ ކުލައިގެ ލޭބަލެއް، އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިހާބުގެ ވޯޓު ފޮށީގައި ހުންނާނީ ފެހި ކުލައިގެ ލޭބަލެކެވެ.

ޒާހިދު އިތުރަށް ވިދާޅުވީ، ވޯޓު ލުމަށް ކަރުދާސްކޮޅު ދޭއިރު، އެމީހަކު އަމިއްލައަށް އެއީ ތިމާ ވޯޓުލާން ޖެހޭ ދާއިރާތޯ ބެއްލެވުމަށް އެދޭ ކަމަށެވެ. އަދި ތިން ކަރުދާސް ކޮޅު ހިފައިގެން ދާއިރު، އިންތިޒާމްތައް ހަމަޖެހިފައި އޮންނާނީ ފުރަތަމަ ލާ ކަރުދާސްކޮޅަށް ވާނީ ހިޔާލު ހޯދުމުގެ ވޯޓާއި ގުޅޭ ކަރުދާސްކޮޅު ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.މި އިންތިހާބުގެ އެންމެ ފަހުގެ މައުލޫމާތާއި ވަގުތުންގެ ނަތީއްޖާތައް ނުކުތާ ގެ ހާއްސަ ޕޭޖު ކަމަށްވާ https://nukutha.mv/elections އިން ލިބެން ހުންނާނެއެވެ.

/
/
ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d/