logo

ކައުންސިލް، ޑަބްލިއުޑީސީގެ ދެވަނަ ބުރުގެ ވޯޓުތައް އަންނަ ހޮނިހިރުގައި ބާއްވަނީ

އަޙްމަދު ސަދޫފް މޫސާ

އަޙްމަދު ސަދޫފް މޫސާ

11 އޭޕްރީލު 2026 - 08:03
ކައުންސިލް، ޑަބްލިއުޑީސީގެ ދެވަނަ ބުރުގެ ވޯޓުތައް އަންނަ ހޮނިހިރުގައި ބާއްވަނީ

އިންތިހާބުތައް 2026: ވޯޓުލުން ފެށިގެން ކުރިޔަށް ދަނީ -- ނުކުތާ ފޮޓޯ: އިބްރާހިމް ނާއިޝް

SHARE

ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގެ ފުރަތަމަ ބުރުގެ ރަސްމީ ނަތީޖާއަށްފަހު، ދެވަނަ ބުރަކަށް ދާންޖެހުނު ދާއިރާތަކުގެ ވޯޓުލުން އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

އިލެކްޝަންސް ކޮމިޝަނުން ހާމަކުރި ގޮތުގައި، މި މަހުގެ 18 ވާ ހޮނިހިރު ދުވަހު މި ވޯޓުލުން ކުރިއަށްދާނެއެވެ.

މި ބުރުގައި ވޯޓުލުން ކުރިއަށްދާނީ ފުރަތަމަ ބުރުގައި ކެންޑިޑޭޓުންގެ ވޯޓު އެއްވަރުވެފައިވާ ދާއިރާތަކާއި، ނުވަތަ ގާނޫނީ ގޮތުން ދެވަނަ ބުރަކަށް ދާންޖެހޭ ދާއިރާތަކުގައެވެ.

މި މަހުގެ 4 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލު އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބަކީ ރާއްޖޭގެ ތާރީޚުގައިވެސް ލޯކަލް ކައުންސިލް އިންތިޚާބެއްގައި އެންމެ ގިނަ އަދަދަކަށް ރައްޔިތުން ނުކުމެ ވޯޓުލީ ފަހަރުކަން ފާހަގަކުރެވެއެވެ.

/
ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d/