logo

އަމާޒަކީ ފަތުރުވެރި ސިނާއަތަށް "ކޮމްފޯޓެއް" ގެނެސްދިނުން، ގާތުން މަސައްކަތް އެބަކުރަން: ތޯރިގް

އަޙްމަދު ސަދޫފް މޫސާ

އަޙްމަދު ސަދޫފް މޫސާ

12 އޭޕްރީލު 2026 - 12:16
އަމާޒަކީ ފަތުރުވެރި ސިނާއަތަށް "ކޮމްފޯޓެއް" ގެނެސްދިނުން، ގާތުން މަސައްކަތް އެބަކުރަން: ތޯރިގް

SHARE

ދުނިޔޭގެ މަސްރަހުގައި ހިނގަމުންދާ ހަނގުރާމަތަކާ ގުޅިގެން ރާއްޖެއަށް ފަތުރުވެރިން އައި މިންވަރު ދަށްވި ނަމަވެސް، މިހާރު އަނެއްކާވެސް ފަތުރުވެރިން އަންނަ އަދަދު އިތުރުވާން ފަށާފައިވާ ކަމަށް ފަތުރުވެރިކަމާ ބެހޭ ވަޒީރު ތޯރިގް އިބްރާހިމް ވިދާޅުވެއްޖެއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

ވަޒީރު މިހެން ވިދާޅުވީ އީރާނުގެ ހަނގުރާމައާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ވަޒީރުންގެ ހާއްސަ ކޮމިޓީން ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

ވަޒީރު ފާހަގަކުރެއްވި ގޮތުގައި ހަނގުރާމައިގެ ސަބަބުން ގިނަ ފްލައިޓްތަކެއް ކެންސަލްވެ، ފަތުރުވެރިން އަންނަ މިންވަރު ވަރަށް ބޮޑަށް ދަށްވިއެވެ. ނަމަވެސް ފަތުރުވެރިން ގެނެވޭނެ އިތުރު ގޮތްތައް ހޯދުމަށް ސަރުކާރުން ކުރި މަސައްކަތުން މިހާރު ވަނީ ކުރިއެރުންތަކެއް ލިބިފައެވެ.

މިގޮތުން ކަނެކްޝަން ފްލައިޓުތައް އިތުރުކުރުމާއި، ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ) އިން އެއާލައިންތަކާ ގުޅިގެން ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ތަފާސްހިސާބުތަކަށް ބަލާއިރު، މި މަހުގެ މިހާތަނަށް 56,136 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ. ވަޒީރު ވިދާޅުވި ގޮތުގައި މިހާރު ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 5,103 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކުރެއެވެ. މިއީ ފަތުރުވެރިކަމުގެ ދާއިރާއަށް ލިބުނު ބޮޑު ކުރިއެރުމެއްގެ ގޮތުގައި ވަޒީރު ސިފަކުރެއްވިއެވެ.

/

އެގޮތުން ސަރުކާރުގެ އަމާޒަކީ ފަތުރުވެރިކަމުގެ ދާއިރާއަށް ލުއިފަސޭހަ ގޮތްތަކެއް ނުވަތަ "ކޮމްފޯޓް" އެއް ހޯދައިދިނުން ކަމަށް ވަޒީރު ވިދާޅުވިއެވެ. އެހެންކަމުން ފަތުރުވެރިކަމަށް ކުރާ އަސަރު ކުޑަކުރުމަށް ސަރުކާރުން އަބަދުވެސް ގާތުން މަސައްކަތް ކުރަމުންދާނެ ކަމުގެ ޔަގީންކަން ވަޒީރު ވަނީ ދެއްވާފައެވެ.

/
ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d/