logo

ފާއިތުވި ދެ އަހަރު ފަތުރުވެރިކަމަށް މުޅިން އަލަށް 365 މިލިއަން ޑޮލަރު ދޫކުރިން: ބީއެމްއެލް

މިރާޝް މޫސާ

3 އޭޕްރީލު 2026 - 08:51
ފާއިތުވި ދެ އަހަރު ފަތުރުވެރިކަމަށް މުޅިން އަލަށް  365 މިލިއަން ޑޮލަރު ދޫކުރިން: ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސް -- ބީއެމްއެލް

SHARE

ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ދިމާވާ ގޮންޖެހުންތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭންކް އޮފް މޯލްޑިވްސް އިން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ފާއިތުވީ ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި އެ ދާއިރާއިން އައު ލޯނުގެ ގޮތުގައި 365 މިލިއަން ޑޮލަރު ދޫކޮށްފައިވާކަމަށް ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

އެއް ފަހަރާ ބީއެމްއެލްގެ 90 އޭޓީއެމްއާއި 6 ބްރާންޗް އިފްތިތާހުކުރުމަށް ބުދަ ދުވަހުގެ ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޝަރީފް ވިދާޅުވީ ފަތުރުވެރިކަމަށް ކުރިމަތިވަމުންދާ އަސަރުތައް ދެނެގަނެ، އެ ސިނާއަތަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މުހިންމު ސްޓޭކްހޯލްޑަރުންނާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށެވެ.

"މިގޮތުން، ރިސޯޓް އޮޕަރޭޓަރުންނާއި، ގެސްޓްހައުސް ހިންގާ ފަރާތްތަކާއި އަދި ފަތުރުވެރިކަމާ ގުޅުންހުރި އެހެނިހެން ވިޔަފާރިތަކުގެ ހިންގުމަށާއި މާލީ ހާލަތަށް އަންނަ ބަދަލުތައް ދެނެގަތުމަށްޓަކައި އެ ފަރާތްތަކާއެކު މެދުނުކެނޑި މަޝްވަރާތައް ކުރިއަށްދޭ," ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވި ގޮތުގައި މިއަދާ ހަމައަށް ފަތުރުވެރިކަމުގެ ދާއިރާއަށް ދޫކޮށްފައިވާ ލޯނު ޕޯޓްފޯލިއޯ 585 މިލިއަން ޑޮލަރަށް އަރައެވެ. އޭގެ ތެރޭގައި 2024 އިން ފެށިގެން މި އަހަރާ ހަމައަށް މުޅިން އަލަށް ދޫކުރި 365 މިލިއަން ޑޮލަރު ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ.

/
ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d/