logo

ޓޫރިޒަމް އަދި ސިިވިލް އޭވިއޭޝަން އެއްކޮށްލައި، މިނިސްޓަރަކަށް އަމީން އައްޔަނުކުރައްވައިފި

އަޙްމަދު ސަދޫފް މޫސާ

އަޙްމަދު ސަދޫފް މޫސާ

14 އޭޕްރީލު 2026 - 14:21
ޓޫރިޒަމް އަދި ސިިވިލް އޭވިއޭޝަން އެއްކޮށްލައި، މިނިސްޓަރަކަށް އަމީން އައްޔަނުކުރައްވައިފި

SHARE

ސަރުކާރުގެ ވުޒާރާތަކަށް ގެންނެވި ބަދަލުތަކާއެކު، ޓޫރިޒަމް އަދި ސިވިލް އޭވިއޭޝަން އެއްކޮށްލައި، އެ ވުޒާރާގެ މިނިސްޓަރުގެ މަގާމަށް މުހައްމަދު އަމީން މިއަދު އައްޔަނުކުރައްވައިފިއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

މީގެ ކުރިން ޓޫރިޒަމް ދާއިރާ އޮތީ އެންވަޔަރަމެންޓް މިނިސްޓްރީގެ ދަށުގައެވެ. އެ ދުވަސްވަރު އެ ވުޒާރާގެ ވަޒީރުކަމުގެ މަގާމު ފުރުއްވަމުން ގެންދެވީ ތޯރިގް އިބްރާހިމްއެވެ. އެހެން ނަމަވެސް އެ މަގާމުން ތޯރިގު މިއަދު ވަނީ އިސްތިއުފާދެއްވާފައެވެ.

އެއާއެކުސަރުކާރުން މިހާރު ވަނީ މި ދެ ދާއިރާ ވަކިކޮށް، ޓޫރިޒަމާއި ސިވިލް އޭވިއޭޝަން އެއް މިނިސްޓްރީއެއްގެ ދަށަށް ބަދަލުކޮށްފައެވެ.

މި ބަދަލުތަކާއެކު އާ ވަޒީރުން އައްޔަނުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި، ވަޒީރުކަމުގެ ހުވައި ލައިދެއްވީ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު އަބްދުލް ޣަނީ މުހައްމަދުއެވެ. ހުވައި ކުރެއްވުމަށްފަހު، ވަޒީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ އަމީންއާ ހަވާލުކުރައްވާފައެވެ.

/
/
ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d/