އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮކުރުމަކީ 'ޗެލެންޖެއް": އަމީން
އައިޝަތު ހިދާޔާ

މިނިސްޓަރު އަމީން މަޖިލީހުގައި ވާހަކަ ދައްކަވަނީ -- ފޮޓޯ/ މަޖިލިސް
SHARE
އެތެރޭގެ އުދުހުންތަކުގެ އަގު ކުޑަކުރުމަކީ "ޗެލެންޖެއް" ކަމަށާއި ފްލައިޓުތަކުގެ އޮޕަރޭޝަނަލް ކޮސްޓަށްވުރެ މިހާރު ވެސް އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮކަމަށް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރު މުޙައްމަދު އަމީން މިއަދު ވިދާޅުވެއްޖެއެވެ.

މަޖިލީހުގައި މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ, ރާއްޖޭގައި އެތެރޭގެ އުދުހުންތަކަށް މިހާރު ވެސް ބޭނުންކުރަނީ ދުނިޔޭގައި މިފަދަ ދަތުރުތައް އޮޕަރޭޓް ކުރުމަށް ގެންގުޅޭ އެންމެ ރަނގަޅު މަތިންދާ ބޯޓުކަމަށެވެ. މި ބޯޓުތައް މެއިންޓެއިން ކުރުމަކީ ވެސް ބޮޑު ޚަރަދެއް ހިނގާކަމެއްކަން ފާހަގަކުރައްވާ މިނިސްޓަރަު ވިދާޅުވީ, މިހާރު ވެސް އޮޕަރޭޝަނަލް ކޮސްޓަށްވުރެ އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮކަމަށެވެ.
"މި މަތިންދާބޯޓުތައް އޮޕަރޭޓްކުރުމަކީ ވަރަށް އަގުބޮޑު ހަރަދެއް އަސްލު މިހާރު ވެސް އޮޕަރޭޝަނަލް ކޯސްޓަށްވުރެ, ރާއްޖޭގެ ޑިމާންޑަށް ބަލާފައި އިންޖީން މެއިންޓެއިނަންސްއާއި އޮޕަރޭޝަނަލް ކޯސަޓަށްވުރެން ބޮޑުކޮނެއްނޫން ޓިކެޓްގެ އަގުތައް މި ހުންނަނީކީ," މިނިސްޓަރު ވިދާޅުވިއެވެ.
އިތުރަށް މި ދަތުރުތަކުގެ އަގު ހެޔޮކުރުމަކީ ވަރަށް "ޗެލެންޖިން" ކަމެއްކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ސަބަބަކީ, ދުނިޔެއަށް އަންނަ ބަދަލުތަކާ ރާއްޖޭގެ މަތިންދާބޯޓުތައް އޮޕަރޭޓްކުރުމާ ގުޅިފައި ހުރުން ކަމަށާއި މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ގިނަ އެއާލައިންތަކުގެ ޓިކެޓުގެ އަގު މައްޗަށް ދިޔަކަމަށް އޭނާ ވިދާޅުވިއެވެ.
"އެކަމަކު ވެސް އަލޫގަނޑުމެން ސަރުކާރުން, ރައީސް ނިންމެވި ނިންމެވުންތަކާ ގުޅިގެން ޚަރަދުތައް އެހެން ގޮތްގޮތަށް މެނޭޖްކޮށްގެން ރައްޔިތުންނާ ހިސާބަށް އެ އަގުބޮޑު ނުކޮށްހަމަ ކުރި އަގުތަކުގައި މިއަދާ ހިސާބަށް ވެސް އަޅުގަނޑުމެން ހިފަހައްޓަމުން މި އައީ," އޭނާ ވިދާޅުވިއެވެ.
އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮކުރަން އުނދަގޫވާ އިތުރު ސަބަބެއްކަމަށް އަމީން ވިދާޅުވީ އެކަށީގެންވާ މިންވަރަށް ނުވަތަ އެންމެ ބޭނުންވާ މިންވަރަށް މީހުން އެތެރޭގެ އުދުހުންތައް ބޭނުން ނުކުރުމެވެ.
"އެހެންވީމައި އަގު ދަށްކުރުން ވަރަށް ޗެލެންޖިން މަސައްކަތަކަށް އެއްވެސް ފަރާތަކަށް ވާނީ," އޭނާ ވިދާޅުވިއެވެ.
ގައުމީ އެއާލަިއން މޯލްޑިވިއަން ތަރަށްގީކުރުމަށް މިހާރު ކުރާ މަސައްކަތްތަކަށް އަލިއަޅުވައިލައި މިނިސްޓަރު ވިދާޅުވީ, ދެވަނަ ވައިޑް ބޮޑީ އެއާކްރާފްޓެއް ހޯދުމުގެ މަސައްކަތް ވެސް މިހާރު ނިމުމަކާހަމައަށް އައިސްފައި ވާކަމަށެވެ. މި އެއާކްރާފްޓް އަންނަ އަހަރު އޮޕަރޭޓް ކުރެވޭވަރު ވާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

.jpg&w=3840&q=75)

