logo

ފަތުރުވެރިންނަށް މޯލްޑިވިއަނުން ވިއްކާ ޓިކެޓުގެ އަގު ކުޑަކުރަން ކެބިނެޓުން ނިންމައިފި

ސައިފުﷲ އަލީ

18 އޯގަސްޓު 2026 - 17:28
ފަތުރުވެރިންނަށް މޯލްޑިވިއަނުން ވިއްކާ ޓިކެޓުގެ އަގު ކުޑަކުރަން ކެބިނެޓުން ނިންމައިފި

SHARE

މޯލްޑިވިއަނުން ފަތުރުވެރިންނަށް ވިއްކާ ޓިކެޓު އަގުހެޔޮކުރަން ވަޒީރުންގެ މަޖިލީހުން ނިންމައިފިއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

މި ނިންމެވުން ނިންމަވާފައި ވަނީ މިދިޔަ އާދީއްތަ ދުވަހު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައެވެ. ނަމަވެސް މި ނިންމެވުމާ ބެހޭ އިތުރު ތަފްސީލެއް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އާންމެއް ނުކުރެއެވެ.

ޑޮމެސްޓިކް ވައިގެ ދަތުރުފަތުރުގެ އަގުތައް ބޮޑުވުމުގެ ޝަކުވާ އާންމުންނާއި ފަތުރުވެރިކަމުގެ ދާއިރާގެ ފަރާތްތަކުން އަބަދުވެސް ކުރެއެވެ. އެހެންކަމުން މިއީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް އެދެވޭ ބަދަލުތަކެއް އަންނާނެ ނިންމުމެއް ކަމަށް ބެލެވެއެވެ.

ގައުމީ އެއާލައިން މާލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަނުން އަންނަނީ ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޑޮމެސްޓިކް ދަތުރުތަކާއި ސީޕްލޭންގެ ހިދުމަތް ފޯރުކޮށްދެމުންނެވެ. ޓިކެޓުގެ އަގުތަކަށް ބަދަލު ގެނައުމުން ފަތުރުވެރިން ރަށްރަށަށް ކުރާ ދަތުރުތަކަށް އިތުރު ލުއިތަކެއް ލިބޭނެއެވެ.

ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d