logo

ބިދޭސީއަކަށް އެއް ސިމް ކާޑަށް ވުރެ އިތުރަށް ދޫނުކުރެވޭ ގޮތް ހަދަން ވަޒީރުންގެ މަޖިލީހުން ނިންމައިފި

ސައިފުﷲ އަލީ

18 އޯގަސްޓު 2026 - 17:08
 ބިދޭސީއަކަށް އެއް ސިމް ކާޑަށް ވުރެ އިތުރަށް ދޫނުކުރެވޭ ގޮތް ހަދަން ވަޒީރުންގެ މަޖިލީހުން ނިންމައިފި

ބިދޭސީން ރެގިއުލޭޓު ކުރުމަށް ސަރުކާރުން ހިންގި ޕްރޮގުރާމެއްގެ ތެރެއިން -- މިހާރު

SHARE

ރާއްޖޭގައި މޯބައިލް ސިމް ކާޑު ދޫކުރުމުގެ އުސޫލު ހަރުދަނާކުރުމުގެ ގޮތުން، އަންސްކިލްޑް ކޮންމެ ބިދޭސީއަކަށް އެއް ސިމް ކާޑަށް ވުރެ އިތުރަށް ދޫނުކުރެވޭ ގޮތަށް ހަމަޖެއްސުމަށް ވަޒީރުންގެ މަޖިލީހުން ނިންމަވައިފިއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

ރައީސް އޮފީހުން އާންމުކުރެއްވި މައުލޫމާތުގައިވާ ގޮތުން، މި ނިންމެވުން ނިންމެވީ އެންމެ ފަހުން ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައެވެ.

މި ނިންމެވުމުގެ ދަށުން، ބިދޭސީއެއްގެ ސިމް ކާޑު ހަލާކުވެ ނުވަތަ ގެއްލިއްޖެ ހާލަތެއްގައިވެސް، ފުލުހުންނަށް ހުށަހަޅައިގެން ކަނޑައެޅޭ ވަކި އިޖުރާއަތްތަކެއްގެ ތެރެއިން މެނުވީ އިތުރު ނަންބަރެއް ދޫނުކުރެވޭނެއެވެ.

މީގެ އިތުރުން ޖަލުތަކަށް ވައްދާ މޯބައިލް ސިމް ކާޑުތައް ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކަށް ގާނޫނީ އަދި އިދާރީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅޭކަން ކަށަވަރުކުރުމަށްވެސް ވަނީ ނިންމަވާފައެވެ.

ބިދޭސީންނަށް މި ފިޔަވަޅު އަޅަން ވަޒީރުންގެ މަޖިލީހުން ނިންމެވިއިރު، ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ވަނީ ހާއްސަ މަޝްރޫއެއް ފަށައިފައެވެ. އެ މަޝްރޫއުގެ ދަށުން ބިދޭސީންގެ ބަޔޯމެޓްރިކް ޑޭޓާ އެއްކުރުމާއި، ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން އަތުލައިގަނެ ޑީޕޯޓްކުރުމުގެ މަސައްކަތް ދަނީ ކުރިއަށެވެ.

ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d