logo

ޓެކްސް ކޮމިޝަނަރަކަށް ހުންނެވި ޒަރީރު ފިނޭންސް މިނިސްޓަރު ކަމަށް

މިރާޝް މޫސާ

8 ޖޫން 2026 - 10:39
ޓެކްސް ކޮމިޝަނަރަކަށް ހުންނެވި ޒަރީރު ފިނޭންސް މިނިސްޓަރު ކަމަށް

ފިނޭންސް މިނިސްޓަރުގެ މަގާމަށް ޒަރީރު އައްޔަނުކުރައްވާ ފަތްކޮޅު ހަވާލުކުރެއްވުން --

SHARE

ފިނޭންސް މިނިސްޓަރުގެ މަގާމަށް، މިހާތަނަށް ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމުގައި ހުންނެވި ހަސަން ޒަރީރު މިއަދު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އައްޔަން ކުރައްވައިފިއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

ހަސަން ޒަރީރު މި މަގާމަށް އައްޔަން ކުރައްވައި، މަގާމުގެ ފަތްކޮޅު ދެއްވުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ މިއަދު މެންދުރުގެ ވަގުތެއްގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ

މި ބަދަލު ސަރުކާރުގެ ކެބިނެޓަށް ގެންނަވަން ޖެހުނީ، ސެޕްޓެމްބަރު 30، 2024 އިން ފެށިގެން ފިނޭންސް މިނިސްޓަރުގެ މަގާމު ފުރުއްވަމުން ގެންދެވި މޫސާ ޒަމީރު މިއަދު އެ މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

މޫސާ ޒަމީރު ރައީސް ޑރ. މުޢިއްޒަށް ފޮނުއްވި އިސްތިއުފާގެ ސިޓީގައި ވިދާޅުވެފައިވަނީ، މަގާމުން ވަކިވެވަޑައިގަންނަވަން ނިންމެވީ އޭނާގެ ސިއްހީ ހާލަތު ހުރިގޮތުން ކަމަށެވެ.

އާ ފިނޭންސް މިނިސްޓަރު ހަސަން ޒަރީރަކީ ފައިނޭންސާއި އެކައުންޓިންގްގެ ދާއިރާއިން މަތީ ތައުލީމު ހާސިލުކުރައްވައިގެން، ރާއްޖޭގެ މާލީ އަދި ޓެކްސްގެ ނިޒާމުގައި ގިނަ ދުވަސްތަކެއް ވަންދެން މުހިންމު ހިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ. އެގޮތުން އޭނާ ވަނީ 2007 ވަނަ އަހަރުން ފެށިގެން 2010 ވަނަ އަހަރުގެ ނިޔަލަށް ފިނޭންސް މިނިސްޓްރީގެ ޗީފް ޕަބްލިކް އެކައުންޓްސް އެގްޒެކެޓިވްގެ މަގާމު ފުރުއްވާފައެވެ.

މީގެ އިތުރުން، މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އުފެދުމާއެކު 2010 އިން 2019 އަށް ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމު ފުރުއްވުމަށްފަހު، ފަހުން ކޮމިޝަނާ ޖެނެރަލްގެ ބޮޑު ޒިންމާއާ ހަވާލުވެވަޑައިގަތެވެ.

ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d