logo

މޯލްޑިވިއަން އިން ދަތުރުވެރިންނަށް ފަސޭހަކޮށްދިނުމުގެ ގޮތުން "ޖާނީ+" ގެ ނަމުގައި އާ ޚިދުމަތެއް

ސައިފުﷲ އަލީ

16 އޯގަސްޓު 2026 - 12:45
މޯލްޑިވިއަން އިން ދަތުރުވެރިންނަށް ފަސޭހަކޮށްދިނުމުގެ ގޮތުން "ޖާނީ+" ގެ ނަމުގައި އާ ޚިދުމަތެއް

SHARE

ޤައުމީ އެއާލައިން، މޯލްޑިވިއަން އިން ދަތުރުވެރިންނަށް އިތުރު އިޚްތިޔާރުތަކާއެކު ދަތުރުގެ ކަންކަން ފަސޭހަކޮށްދިނުމުގެ ގޮތުން "ޖާނީ+" ގެ ނަމުގައި ޚާއްޞަ އައު ޚިދުމަތްތަކެއް ރަސްމީކޮށް ތަޢާރަފުކޮށްފިއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

މި އާ ޚިދުމަތަކީ ދަތުރުވެރިންގެ ބޭނުންތަކަށް ބަލައި ދަތުރުގެ ކަންކަން އަމިއްލައަށް އިޚްތިޔާރުކުރުމުގެ ފުރުޞަތު ފަހިކޮށްދިނުމަށް ތަޢާރަފުކުރި ޚިދުމަތެކެވެ. މީގެ މައިގަނޑު ބޭނުމަކީ ކޮންމެ ފަސިންޖަރަކަށްވެސް އެމީހެއްގެ ބަޖެޓަށް އެކަށީގެންވާ ގޮތަށް ދަތުރުގެ ތަޖުރިބާ ބައްޓަންކުރުމެވެ.

"ޖާނީ+" ގެ ދަށުން ދަތުރުވެރިންނަށް އިޚްތިޔާރީ ގޮތުން އިތުރު ގިނަ ޚިދުމަތްތަކެއް ލިބިގެންދާނެއެވެ. އޭގެ ތެރޭގައި އިސްކަންދީގެން ޚިދުމަތް ދިނުމާއި އިތުރު ލަގެޖް ގެންދިއުމުގެ ފުރުޞަތު ހިމެނެއެވެ.

މީގެއިތުރުން ލައުންޖް އެކްސެސް ހޯދުމާއި ކެބިން އަޕްގްރޭޑް ކުރުމުގެ ފުރުޞަތުވެސް ފަސިންޖަރުންނަށް ލިބޭނެއެވެ. އަދި ދަތުރުގެ ކުރިން ކާބޯތަކެއްޗަށް އޯޑަރު ދިނުން ފަދަ ޚިދުމަތްތައްވެސް މި ޕެކޭޖުގައި ހިމެނެއެވެ.

ދަތުރުވެރިންނަށް އެއާލައިންގެ ވެބްސައިޓާއި މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް ޓިކެޓް ނަގާއިރު މި ޚިދުމަތްތައް އިޚްތިޔާރުކުރެވޭނެއެވެ. އަދި ޓިކެޓް ނެގުމަށްފަހުވެސް ފަސޭހަކަމާއެކު މި ޚިދުމަތްތައް އިތުރުކުރެވޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.

ޤައުމީ އެއާލައިނުން ދާދިފަހުން އަންނަނީ ފްލީޓް އިތުރަށް ވަރުގަދަކޮށް ޚިދުމަތުގެ ފެންވަރު މަތިކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެއާލައިނުން ބުނި ގޮތުގައި މިފަދަ ޒަމާނީ ޚިދުމަތްތަކުގެ ސަބަބުން ވާދަވެރި މާކެޓުގައި އެއާލައިންގެ ޚިދުމަތްތައް އިތުރަށް ހަރުދަނާވެގެންދާނެއެވެ.

ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d