
SHARE
ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރުގެ މަގާމަށް އިރްތިޝާމް އާދަމް މިރޭ އައްޔަނުކުރައްވައިފިއެވެ.

އިރްތިޝާމް މި މަގާމަށް އައްޔަނުކުރެއްވީ އެކަމަށްޓަކައި މިރޭ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.
މި ރަސްމިއްޔާތުގައި ވަޒީރުކަމުގެ ހުވައި އިރްތިޝާމް އާދަމްއަށް ލައިދެއްވީ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު އަބްދުލް ޣަނީ މުހައްމަދުއެވެ. ހުވައި ކުރެއްވުމަށްފަހު، ވަޒީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ އޭނާއާ ހަވާލުކުރައްވާފައެވެ.
ޚާރިޖީ ވަޒީރުގެ މަގާމަށް އައްޔަނުކުރެއްވި އިރްތިޝާމް އާދަމަކީ މީގެ ކުރިންވެސް ސަރުކާރުގެ މަތީ މަގާމުތަކެއް ފުރުއްވާފައިވާ ބޭފުޅެކެވެ.






