logo

ސިއްހީ އަދި އާއިލާތަކާ ބެހޭ ވުޒާރާ އެއްކޮށްލައި ވަޒީރަކަށް ގީލާ

ޢާއިޝަތު ނުޒުހާ

ޢާއިޝަތު ނުޒުހާ

14 އޭޕްރީލު 2026 - 14:15
ސިއްހީ އަދި އާއިލާތަކާ ބެހޭ ވުޒާރާ އެއްކޮށްލައި ވަޒީރަކަށް ގީލާ

SHARE

ސިއްހީ ވުޒާރާއާއި އާއިލާތަކާ ބެހޭ ވުޒާރާ އެއްކޮށްލުމަށް ފަހު, އެ މިނިސްޓްރީގެ ވަޒީރަކަށް ގީލާ އަލީ އައްޔަން ކުރައްވައިފިއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

ވަޒީރުންގެ މަޖިލީހުގެ 10 ވަޒީރަކު ވަކިކުރުމަށް ފަހު އަލުން ވަޒީރުން އައްޔަން ކުރުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ވަޒީރުކަމުގެ ފަތްކޮޅު ގީލާއާ ވަނީ ހަވާލުކުރައްވައިފައެވެ.

ވަޒީރު ކަމަށް އައްޔަން ކުރުމާ ހަމައަށް ގީލާ ހުންނެވީ ރާއްޖެއިން ބެލްޖިއަމަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަދި އެކި ގައުމުތަކުގެ ނޮން ރެޒިޑެންޓް ސަފީރު ކަމުގައެވެ.

ސިއްހީ ވުޒާރާއާއި އާއިލާތަކާ ބެހޭ ވުޒާރާގެ އިތުރުން ވެސް ބައެއް ވުޒާރާތައް މިރޭ ވަނީ އެއްކޮށްލައި ބަދަލުގެނެސްފައެވެ.

ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d